ads
ހުކުރު ޚުޠުބާ އިނގިރޭސި ބަހަށް ތަރުޖަމާކޮށް ބިދޭސީންނަށް ލިބޭނެގޮތް ހެދުން-- ފޮޓޯ/އިސްލާމިކް މިނިސްޓަރު
ރާއްޖޭގެ ހުކުރު ހުތުބާތަކުގެ އިނގިރޭސި ތަރުޖަމާ ޗާޕުކުރަން ފަށައިފި
ރާއްޖޭގެ ހުކުރު ހުތުބާތައް އިނގިރޭސި ބަހަށް ތަރުޖަމާކޮށް އަދި ޗާޕްކޮށް ރާއްޖޭގައި ދިރިއުޅޭ ބިދޭސިންނަށް ލިބޭގޮތް ހަމަޖައްސައިފިއެވެ.

މިކަމާގުޅިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ހުކުރު ހުތުބާތައް އިނގިރޭސި ބަހަށް ތަރުޖަމާކޮށް، ޗާޕުކޮށް ރާއްޖޭގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މުސްލިމު އަހުންނާއި އުހުތުންނަށް ލިބޭނެ ގޮތް މިހާރު ހަމަޖއްސާފައިވާކަމަށެވެ.

އިސްލާމްދީނަކީ އާލަމީ ރިސާލަތެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އިސްލާމީ މެދުމިންކަމުގެ މަންހަޖާއި ސައްހަ މައުލޫމާތު މުސްލިމުންނަށް ފޯރުކޮށްދިނުމަކީ ނުހަނު ބޭނުންތެރިކަމެއްކަމަށެވެ

ހުކުރު ހުތުބާތައް އިނގިރޭސި ބަހަށް ތަރުޖަމާކޮށް، ޗާޕުކޮށްގެން ނެރެވޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާއިރު، ކުރިއަށްއޮތްތާނގައި އޮންލައިންކޮށްވެސް އިނގިރޭސި ތަރުޖަމާ ލިބޭނެ ގޮތް ހަދާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވި އެވެ.

ހުކުރު ހުތުބާތައް އިނގިރޭސި ބަހަށް ތަރުޖަމާކޮށް، ޗާޕުކޮށްގެން ނެރެވޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާއިރު، އިސްލާމިކް މިނިސްޓްރީން އަންނަނީ އިޝާރާތުގެ ބަހުން ވެސް ހުތުބާ ގެނެސްދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް