ads
ރަޝްފޯޑް
ޕީއެސްޖީން ރަޝްފޯޑް ބޭނުންވާކަމުގެ އިޝާރާތެއް
ފްރާންސްގެ ޕީއެސްޖީން، މެންޗެސްޓަރ ޔުނައިޓެޑުގެ ފޯވާޑް މާކަސް ރަޝްފޯޑް ބޭނުންވާ ކަމުގެ އިޝާރާތެއް ކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ރަޝްފޯޑް ބޭނުންވާ ކަމަށް ޕީއެސްޖީގެ އިޝާރާތެއް ކޮށްފައިވާކަމުގެ ހަބަރުތައް މި ފެތުރުނީ، ޔުނައިޓެޑުގެ ހެޑް ކޯޗު އެރިކް ޓެން ހޭގާ ރަޝްފޯޑާ ދެމެދު ނުތަނަވަސްކަމެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. 

ރެޝްފޯޑާ ޓެން ހޭގާ ދެމެދު ނުަތަނަވަސްކަމެއް އުފެދިފައިވާކަން ހާމަވީ. ޑިސިޕްލިނަރީ މައްސަލަ އެއް ފެން މަތިވެ މިދިޔަ އާދީއްތަ ދުވަހު ޔުނައިޓެޑުން އެފްއޭ ކަޕުގައި ނިއުޕޯޓާއި ބައްދަލުކުރި މެޗުގެ ކުރިން އޮތް ފަރިތަކުރުންތަކަށް ރެޝްފޯޑް ހާޒިރުނުވެ، އުޒުރަކަށް ބުނި ކަންތައްތަކާ ހިލާފު ކަމެއް ފެނިފައިވާތީ އެވެ.

ޕީއެސްޖީން ރަޝްފޯޑަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭ ޔުނައިޓެޑަށް ބަދަލުވެދާނެ ކަމުގެ އަޑުތަކެއް މީގެ ކުރިން ފެތުރުނެވެ. އެހެންނަމަވެސް އާރުލާ ހިސާބަކަށް އެ ވާހަކަތައް އަދި ނުދެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް