ads
ޕީޖީއަށް ހަމަލާދިން މީހުން ހައްޔަރުކޮށްފި
ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމަށް ހަމަލާދިން މީހުން ހައްޔަރުކޮށްފި އެވެ.

ޕީޖީ އަށް ހަމަލާ ދީފައި ވަނީ އޭނާ އިއްޔެ ދަރިފުޅު ސްކޫލަށް ގެންގޮސް، އެނބުރި ގެއަށް ވަޑައިގެންނެވި މަގުމަތީގައި، ގޭ ދޮރުމަތިންނެވެ. ސައިކަލެއްގައި ފާރަލަމުން ދިޔަ ދެ މީހަކު މަރުތޭލަކުން ޝަމީމްގެ އަތުގައި ޖެހިޖެހީނުން އޭނާގެ އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ވަނީ ރެނދުލައިފަ އެވެ.

މި މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ސީޕީ އަލީ ޝުޖާއު ވިދާޅުވީ ޕީޖީ އަށް ދިން ހަމަލާ ފުލުހުން ބަލަމުން އަންނަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށެވެ. އޭނާ ވިދާޅުވީ މިކަހަލަ އެއްވެސް ކަމަކަށް ޖާގަ ނުދޭނެ ކަމަށެވެ. 

ފުލުހުން ބުނީ ޝަމީމަށް ހަމަލާ ދިނީ ސައިކަލެއްގައި އައި މޫނު ނިވާކޮށްގެން ތިބި ދެމީހުން ކަމަށެވެ. އެކަމަކު، އެކަން ކުރީ ކޮން ބައެއްކަން މިހާރު ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

މިއީ ތަހުގީގުގެ ފުރަތަމަ މަރުހަލާ ކަމަށް ވާތީ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް