ads
ހަތަރު އުމުރާ ދަތުރު ހުށަހަޅާ އެމްއައިބީގެ ރޯދަ ޕްރޮމޯޝަން ފަށައިފި
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ރޯދަ ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒްއަކަށް ހަތަރު މީހަކަށް އުމްރާ ދަތުރެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްއައިބީން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ އޭޕްރިލް މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެމްއައިބީން ބުނީ، ވިސާ ކާޑުން އެންމެ 20 ޓްރާންސެކްޝަން ހަދައިގެން އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި މިގޮތުން ގުރުއަތުން ހޮވޭ ހަތަރު މީހަކަށް އުމްރާ ދަތުރެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. 

ކޮންމެ ހަފްތާއަކު ލަކީޑްރޯއެއް ނަގަން ހަމަޖެހިފައިވާ މި ޕްރޮމޯޝަނުގައި މި ލަކީޑްރޯއިން ހޮވޭ ފަރާތަކަށް އިފްތާރު ޕެކެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ރޯދަ އާއިދިމާކޮށް ކޮންމެ އަހަރަކުވެސް އެމްއައިބީގެ ކާޑުން ވިޔަފާރިކޮއްގެން އިނާމު ލިބޭ ޕްރޮމޯޝަން ބާއްވަ އެވެ. އެމްއައިބީން ވަނީ އެ ބޭންކުގެ ހިދުމަތް ވަރަށް ބޮޑަށް ފުޅާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބޭންކުގެ ޕީއޯއެސް ނެޓް ވޯކް ފުޅާކޮއްފަ އެވެ. 

އެހެންކަމުން މި ޕޮރޮމޯޝަންގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅުއްވާ ކަސްޓަމަރުންނަށްވެސް ބައިވެރިވެވޭނެ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް