ads
ޝަހީދުވި ފަލަސްތީނީންގެ އަދަދު 27100 އިން މައްޗަށް
ގާޒާއިން ޝަހީދުވި މީހުންގެ އަދަދު 27000 އިން މައްޗަށް
ހައްދުފަހަނަ އަޅާފައިވާ އިޒްރޭލުން ފާއިތުވި 118 ދުވަހުގެ ތެރޭގައި ދިން ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނީންގެ އަދަދު 27100 އިން މައްޗަށް ހިނގައްޖެ އެވެ.
Advertisement

ގާޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނީ ޔަހޫދީ އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި 10000 ކުޑަކުދިންނާއި 8200 އަންހެނުން ހިމެނޭ ކަމަށެވެ. އަދި އޭގެތެރޭގައި 99 ނޫސްވެރިންނާއި 322 ސިއްހީ ހިދުމަތްތެރިން ވެސް ހިމެނޭ ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.

މިއީ މިފަހުގެ ތާރީހެއްގައި އިސްރާއީލާއި ގާޒާއާއި ދެމެދު ކުރަމުން އަންނަ ހަނގުރާމައިގެ ތެރޭގައި ގާޒާއިން އެންމެ ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކޮށްލާފައިވާ ފަހަރެވެ.

އެ އަދަދަކީ އިޒްރޭލުގެ ހަމަލާތަކުގައި ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ އަޑީގައި ވަޅުލެވިފައި ތިބި މީހުންނާއި ހޮސްޕިޓަލުތަކަށް ރިކޯޑު ނުކުރެވޭ މަރުތައް ނުހިމަނާ ގުނާ އަދަދަކަށް ވާތީ ގާޒާގައި ޝަހީދުވި މީހުންގެ އަސްލު އަދަދު އެއަށްވުރެ ވެސް އެތައް ގުނައެއް އިތުރުވާނެ ކަމަށް އެ ސިޓީގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާ ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓު ކޮށްފައިވެ އެވެ.

ދިގުމިނުގައި 41 ކިލޯމީޓަރު އަދި ފުޅާމިނުގައި 10 ކިލޯމީޓަރު ހުންނަ ގާޒާއަށް ހަނގުރާމަ ފެށުނީއްސުރެ މިހާތަނަށް އިޒްރޭލުން 29500 ބޮން އަޅާފައިވާ ކަމަށް އެމެރިކާގެ އިންޓެލިޖެންސް އެސެސްމެންޓުތަކާ ހަވާލާދީ ސީއެންއެންއިން ރިޕޯޓުކޮށްފައިވެ އެވެ. އެ ނޫހުން ރިޕޯޓުކޮށްފައި ވަނީ އޭގެތެރެއިން 45-55 އިންސައްތަ ހަމަލާ ޔަހޫދީ އިޒްރޭލުން ދީފައި ވަނީ ވަކި ތަނަކަށް އަމާޒު ނުކޮށް ކަމަށެވެ.

your imageގާޒާ އަށް ޔަހޫދީން ދިން ބޮމުގެ ހަމަލާއެއްގައި ގާޒާގެ ގެދޮރުތައް ފަނާވަނީ

ޔަހޫދީ އިޒްރޭލުން ގާޒާއަށް ހަމަލާދޭން ފެށީ މިދިޔަ އޮކްޓުބަރު 7 ވަނަ ދުވަހު ގާޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުން އިސްވެ ޔަހޫދީ އިޒްރޭލަށް ދިން ކުއްލި ހަމަލާގައި އިޒްރޭލުގެ 1200 މީހުން މަރާލުމާ ގުޅިގެންނެވެ.

އެ ހަމަލާއާ ގުޅިގެން ހަމާސްއާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް ފާއިތުވި 3 މަސްދުވަހުގެ ތެރޭގައި ޔަހޫދީ އިޒްރޭލުން ގާޒާއަށް ދިން ހަމަލާތަކުގައި ގާޒާގެ 80 އިންސައްތައަށް ވުރެ ގިނަ އިމާރާތްތައް އެއްކޮށް ސުންނާފަތި ކޮށްލާފައިވެ އެވެ. ހަނގުރާމައިގެ ސަބަބުން 2.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގާޒާގައި ބައިލައްކައަށްވުރެ ގިނަ ފަލަސްތީނީން ވަނީ މަގުމަތިވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް