ads
މަނީލޯންޑަރިންގް ދައުވާ އޮތް، ރައީސް ބައްސާމް!
އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަށް ގޮވުން
ފީފާ އާއި އޭއެފްސީން 22 ޖެނުއަރީ 2024 ގައި އެފްއޭއެމްގެ އިންތިހާބު ހުއްޓުވުމުން، ކަށަވަރުކުރެވުނީ ކުޅިވަރު ގާނޫނެއް އޮތްނަމަވެސް، އެފްއޭއެމްގެ މައްޗަށް ކުޅިވަރު ގާނޫނު ނުހިނގާކަމެވެ. އެފްއޭއެމްގެ އިންތިހާބެއް ހުއްޓާލަން ކޮމިޝަނަރ އޮފް ސްޕޯސް އަންގާފައި ވަނިކޮށް، އެކަމަށް އިޖާބަނުދީ ކުރިއަށް ގެންދަނިކޮށް، އެންމެފަހުން ފީފާ އިން އަންގައިގެން މިހާރު އެވަނީ ކޮންގްރެސް ހުއްޓާލާފައެވެ.

ފީފާއިން އެފްއޭއެމް ނުބެލެހެއްޓުނު ނަމަވެސް އެފްއޭއެމަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާއަކަށް ވުމުން ރާއްޖެއިން އެޖަމިއްޔާގެ ކަންކަން ބެލެހެއްޓެންޖެހޭނެއެވެ. މިއީ ކޮމިޝަނަރު ވިސްނަވަންޖެހޭ ކަމެކެވެ.

ރާއްޖޭގެ ރަޖިސްޓްރީގައިވާ ދިވެހި ކްލަބްތަކެއް މެދުގައި އިންތިހާބުކުރެވޭ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަކީ، ކޮމިޝަނަރަ އޮފް ސްޕޯޓްސް ގެ ބެލުމުގެ ދަށުން ހިންގަން ޖެހޭ ޖަމިއްޔާތަކެކެވެ. އެހެންނަމަވެސް، ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް އާއި ހިންގާ ކޮމިޓީއަށް ހީވެފައި އޮންނަނީ، އެޖަމިއްޔާއަކީ ސީދާ ފީފާ އާއި އޭއެފްސީން ހިންގާ ޖަމިއްޔާއެއް ކަމަށެވެ. އަދި އެފްއޭއެމްއަކީ ރާއްޖޭގެ ގާނޫނުތަކުގެ ބޭރުން، މާމަތީފަރާތަކުން ހިންގާ ޖަމިއްޔާއެއްކަމުގައެވެ.

މިވިސްނުމުގައި ބައްސާމް ބެއްލެވީ، ފީފާ އާއި އޭއެފްސީ އައްޑަނައަކަށް ހަދައިގެން އެފްއޭއެމްގެ ފައިސާއާއި އެސެޓްތަކާ ތަރިކައިން ވައްކަން ކުރެވިދާނެކަމަށެވެ. އަދި ބޭނުންއިރެއްގައި މެމްބަރު ކްލަބެއްގެ ސަޚްސުވެސް އޮޅުވާލެވިދާނެ ކަމަށެވެ. އަދި ކިއެއްތަ، ވާދަވެރި ކެންޑިޑޭޓެއް ޑިސްކޮލިފައިވެސް ކުރެވިދާނެކަމަށެވެ. ކޮރަޕްޓް ޑިކްޑޭޓަރޝިޕެއް ހިންގިދާނެކަމަށެވެ!

މިހާދިސާއިން ދޭހަވީ ފީފާއަށްވެސް، އެޖަމިއްޔާގެ މެމްބަރުންގެ ކަންކަން ނުބެލެހެއްޓޭކަމެވެ. ފީފާއަށް އޮޅުވާލާ، އެންމެފަހުން ފީފާގެ ފައިސާއިން ވައްކަންކުރުމުގެ ތުހުމަތުގައި މިއަދު އެފްއޭއެމްގެ ރައީސްއާއި ދެކޮޅަށް ރާއްޖޭގެ ޕްރޮސިކިއުޓަރޖެނެރަލް އެވަނީ މަނިލޯންޑަރިންގެ ދައުވާ އުފުލާ، ޕާސްޕޯޓް ހިފަހައްޓާފައެވެ. ސުވާލަކީ އެފްއޭއެމުން ކޮމިޝަނަރުގެ އެންގުންތަކަށް އިޖާބަނުދީ ފީފާއޭ އޭއެފްސީއޭ ކިޔާ ދޮގުހަދަމުން ގެންދިޔަގޮތަށް ޕްރޮސެކިއުޓަރޖެނެރަލް ގެ ދައުވާއަށް ގޮންޖެހިދާނެތޯއެވެ؟

ކޯޓުގައި މަނީލޯންޑަރިންގް ދައުވާ އޮތް ރައީސް ބައްސާމް

އެފްއޭއެމްގެ ރައީސް ބައްސާމް އާއި ހިންގާ ކޮމިޓީގެ ބައެއް މެމްބަރުންގެމައްޗަށް މަނީލޯންޑަރިންގް ދައުވާ ކުރަން ތައްޔާރުވެފައި ވަނިކޮށް، ނިމިގެންދިޔަ ހަފްތާގެ ބުދަދުވަހު ހެދުނު ޕްރޮސެކިއުޓަރ ޖެނެރަލްއަށް އަށް މަރުގެ ހަމަލާއެއްދިން ޚަބަރު އާއްމުވިއެވެ. އަދި ހަމަ އެދުވަހު، ފުލުސްއޮފީހުން، މަނީ ލޯންޑަރިންގް ދައުވާ، ޕްރޮސެކިއުޓަރ ޖެނެރަލްއޮފީހަށް ފޮނުވިއެވެ. ޖެހިގެންއައި ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލް އެމައްސަލަ ކޯޓަށް ވެއްދިއެވެ. އަދި ހަމަ އެދުވަހު، އެފްއޭއެމުން އެކްސްޓަރާ އޯޑިނަރީ ކޮންގްރެސްއެއް އިއުލާނުކުރިއެވެ.

ހަފްތާ ނިމުނުއިރު އެފްއޭއެމްގެ ރައީސް ބައްސާމްއަދީލް ޖަލީލަކީ އޭނާގެ މައްޗަށް މަނީލޯންޑަރިންގެ ގެ ދައުވާއެއް ކޮށްފައިވާ މީހެކެވެ. މިވަގުތު ކަންގޮސްފައި އޮތް ހިސާބަކީ، މަނީލޯންޑަރިންގެ ކުށުގެ ތުހުމަތުގައި ދައުވާކޮށްފައިވާ މީހަކު ރާއްޖޭގެ އެންމެ ބޮޑު ގައުމީ ކުޅިވަރުޖަމިއްޔާގެ ރައީސްކަމުގައި ހުރުމެވެ. ބައްސާމަކީ ހިންގާ ކޮމިޓީގެވެސް އަޣްލަބިއްޔަތު ގެއްލިފައިވާ މީހެކެވެ. 

your imageސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް

ރައީސް ބައްސާމަކީ، އެއްގޮތަކުން ނަމަ އެމަގާމުން ވަކިކޮށް، ދުރުކުރަން ޖެހިފައިވާ މީހެކެވެ. އަޒުލުކުރަން ޖެހިފައިވާ ރައީސެކެވެ! އަނެއްގޮތަކުންނަމަ، އަމިއްލެއަށް އިސްތިއުފާ ދޭންޖެހޭ މީހެކެވެ. ފީފާ އާއި އޭއެފްސީން ބުނަނީ، އެފްއޭއެމްގެ އެތެރޭގެ އިންތިހާބުތަކަށް ނުފޫޒު ފޯރުވައިގެން ނުވާނެކަމަށެވެ. ކޮމިޝަނަރުގެ މެންޑޭޓަކީ އެސޯސިއޭޝަން ރަޖިސްޓަރީކޮށް އެއެސޯސިއޭޝަނެއްގެ ހިންގާގަވާއިދާއެއްގޮތަށް އެސޯސިއޭޝޯސިއޭޝަން ހިންގާކަން ކަށަވަރު ކުރުމެވެ.

ފީފާ އާއި އޭއެފްސީ ކޮބާ؟

އެފްއޭއެމްގެ ރައީސްގެމައްޗަށް މަނީލޯންޑަރިންގްގެ ދައުވާ އިއުލާނުކުރީ ބުރާސްފަތިދުވަހުއެވެ. ހުކުރުދުވަހަކީ، ފީފާ އާއި އޭއެފްސީ ގެމަސައްކަތު ދުވަހެކެވެ. ފުރަތަމަ ކޮންގެރެސް ހުއްޓުވަން ނެގި ވަގުތަށް ބަލާނަމަ، ފީފާއިން ބަހެއް ބުނަނަން ހަފްތާއެއް ނަގައެވެ. މިފަހަރު ދިމާވެފައި މިއޮތީ މުޅީން ތަފާތު ކަމެކެވެ. މަނީ ލޯންޑަރިންގް އަކީ، އެކަން ސާބިތުވެއްޖެނަމަ ޖަލުހުކުމުގެ އިތުރުން ލޯންޑަރކުރި ފައިސާގެ އަދަދުގެ ފަސްގުނަ އަނބުރާ ދައްކަންޖެހޭ ކުށެކެވެ. ކުޑަކުށެއް ނޫނެވެ!

your imageބައްސާޟް ފީފާގެ ރައީސްއާއެކު

މިފަހަރު ވެގެން މިއުޅޭކަމަކީ، ފީފާގެ މެމްބަރު ޖަމިއްޔާއެއްގެ ރައީސްއަކާއި ދެކޮޅަށް ދައުލަތުން މަނީލޯޏަޑަރިންގްގެ ދައުވާއެއް އުފުލުމެވެ! ރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލް މި ދައުވާ ކުރިއިރު، ބައްސާމް އަދީލް ޖަލީލަކީ އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރެއްވެސް މެއެވެ. ކޯޓުގައި މަނީލޯންޑަރިންގެ ދައުވާ އުފުލުމާ ގުޅިގެން ފީފާ އާއި އޭއެފްސީގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ފީފާ އާއި އޭއެފްސީގެ ނަޒަރުން މިކަމަށް ވިސްނާލުމުން އެފަރާތްތަކުންވެސް މިކަމާ ލަދުގަންނާނެއެވެ. ކަންބޮޑުވެސްވާނެއެވެ. ފީފާ އާއި، އޭއެފްސީން، އެޖަމިއްޔާއެއްގެ މެމްބަރުއެސޯސިއޭޝަނެއް ގެވެރިން ވައްކަންކޮށް، ސަޚްސު އޮޅުވާލާ، އިންތިހާބު އޮޅުވާލަމުންގެންދާއިރު، "ތިންވަނަ ފަރާތެއްގެ ނުފޫޒު" ފޯރުވައިގެން ނުވާނެކަމަށް ބުނާތީވެ، ދެން ފީފާ އާއި އޭއެފްސީއަށް ޖެހޭނީ އެވެރިން ރާއްޖެއަރާ، މިބައިގަނޑު މައިތިރިކުރާށެވެ!

މަނީ ލޯންޑަރިންގް ދައުވާއަކީ، އޭގެޒާތުގައި ކުރިފަޅާ، އެފްއޭއެމްގެ ރައީސްގެއިތުރުން އޭނާގެ ފަހަތުގައި ފޮރުވިތިބި އެތައްފަރާތަކަށްވެސް ފޯރަފާނެ ޒާތުގެ ދައުވާއެކެވެ.

ކޮމިޝަނަރަށް އެންމެފަހުން ޖެހޭނީ، އެފްއޭއެމްގެ ރައީސްގެ މައްޗަށް މަނިލޯޏްޑަރިންގެ ދައުވާ ކޮށްފައިވާކަމަށް އަންގާށެވެ. އަދި ފީފާގެ ގަވާއިދުތައް ރާއްޖޭގައި ހިންގާއިރު އެފްއޭއެމް މެދުވެރިކޮށް ދައުލަތުން ވައްކަންކުރިޔަ ނުދިނުމަށް އެދޭށެވެ. ކޮމިޝަނަރުގެ މަސައްކަތަކީ ތިންވަނަ ފަރާތެއްގެ ނުފޫޒުފޯރުވުން ކަމަށްދެކޭނަމަ، އެވެރިން ރާއްޖެއަރާ މިކަން މައިތިރި ކުރާށެވެ. އަދި ފީފާއަށް މިކަންކަން ކޮންޓްރޯލްނުކުރެވޭނަމަ، އެފްއޭއެމްގެ މައްޗަށް ސަރުކާރުން ފިޔަވަޅުއަޅާނެކަންވެސް އަންގާށެވެ. އެފްއޭއެމް ސަސްޕެންޑްކޮށްފާނެތީ ބިރުންއުޅޭ ބަޔަކު މިހާރަކު ރާއްޖެއަކު ނެތެވެ.

އެޑިޓަރުގެ ނޯޓް:

ހާމިދު އަބްދުލްޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލްޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެރެޓްރީ ޖެނެރަލްކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. ހާމިދަކީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނެވި ބޭފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް