ads
ހައްޖު ކޯޕަރޭޝަންގެ އޮފިޝަލެއް ހައްޖުވެރިންގެ ލަގޭޖްތައް ޗެކުކުރުމުގެ މަސައްކަތުގައި
ހިލޭ ސާބަހަށް ހައްޖުގައި މަސައްކަތްކުރާނެ މީހުން ހައްޖު ކޯޕަރޭޝަނުން ހޯދަނީ
މިއަހަރުގެ ހައްޖުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ މީހުން ހޯދުމަށް ހައްޖު ކޯޕަރޭޝަނުން އިއުލާންކޮށްފިއެވެ.

ހައްޖުގައި ބޭނުންވަނީ ކިހާ އަދަދެއްގެ އެހީތެރިންނެއްކަމެއް އެ ކޯޕަރޭޝަނަކުން ނުބުނެއެވެ. 

އެ ކޯޕަރޭޝަނުން ބުނީ ބޭނުންވާ މީހުންގެ ކަނޑައެޅާނީ މިކުންފުނީގެ ފަރާތުން މިއަރުގެ ހައްޖު ދަތުރުގައި ބައިވެރިވާ ހާޖީންގެ އަދަދަށް ރިޢާޔަތްކުރުމަށްފަހުގައިކަމަށެވެ. ކޯޕަރޭޝަނުން މިގޮތަށް ނިންމާފައިވާއިރު މި އަހަރު ރާއްޖެއަށް ލިބޭ ރަސްމީ ކޯޓާއިން އެއްވެސް ޖަމާއަތަކަށް ނުދީ 1000 ޖާގަ ކޯޕަރޭޝަނަށް ދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ. 

ހައްޖު ކޯޕަރޭޝަނުން ބުނީ މި މަގާމަށް ބޭނުންވަނީ އަސާސީ ތައުލީމު ހާސިލްކޮށްފައިވާ އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ސިއްހަތު ރަނގަޅު މީހުންކަމަށެވެ. 

އަދި މި މަޤާމަށް މީހުން ހޮވުމުގައި ޢަރަބި ބަސް ނުވަތަ އުރުދޫ ބަހުން މުޢާމަލާތްކުރަން އެނގޭ، ހައްޖު އަދި އުމްރާގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދޭނެކަމަށްވެސް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ. އަދި ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެ ނަމަ އެންމެ އެކަށީގެންވާ ފަރާތްތަކަށް ފުރުސަތު ދޭނެކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ. 

ހައްޖުގައި އެހީތެރިންގެ ގޮތުގައި ދާން ބޭނުންވާ މީހުން އެކަމަށް އެދި މިމަހުގެ 13 ވަނަދުވަހުގެ 14:00 ގެ ކުރިން ހުށައަޅަންޖެހެއެވެ. އެކަމަށް އެދި ހުށައަޅާނީ ޙައްޖު އަދި ޢުމްރާ ދަތުރުތަކުގައި ހިލޭސާބަހަށް މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު މެދުވެރިކޮށެވެ. މި ފޯމް ކޯޕަރޭޝަނުން އަދި ކޯޕަރޭޝަންގެ ވެބްސައިޓް www.mhcl.mv އިން ލިބެން ހުންނާނެކަމަށްވެސް އެ އިދާރާއިން ބުނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް