ads
އުރީދޫ ހެޑްއޮފީސް: އުރީދޫން ހަދިޔާއަކަށް ދެނީ އެންމެ ފަހުން ސެމްސަންގުން ބާޒާރަށް ނެރުނު ސްމާޓްފޯނު
އަތޮޅު ދުވުން ކުޅެގެން ސެމްސަންގް ގެލެކްސީ އެސް 24 އަލްޓްރާ ފޯނެއް
އުރީދޫ މޯލްޑިވްސްގެ މި އަހަރުގެ ކަލަންޑަރާއެކު ތައްޔާރުކުރި ގޭމް، "އަތޮޅު ދުވުން" ކުޅެގެން ސެމްސަންގް ގެލެކްސީ އެންމެ ފަހުގެ އެސް 24 އަލްޓްރާ ފޯނެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އުރީދޫގެ މި އަހަރުގެ ކަލަންޑަރާއެކު ތައްޔާރުކުރި ގޭމް "އަތޮޅު ދުވުން" ގައި ފެބްރުއަރީ އަޕްޑޭޓާއެކު ވަނީ ލީޑަބޯޑު ތައާރަފުކޮށްފަ އެވެ.
މިއާއެކު މިހާރު އަތޮޅު ދުވުން ކުޅޭ މީހުންގެ މެދުގައި ލީޑާބޯޑު މެދުވެރިކޮށް އެންމެ މަތީ ޕޮއިންޓް ލިބޭ 10 މީހުން ފެންނަން ހުންނާނެ އެވެ.
މީގެ އިތުރުން އުރީދޫ އިން މިއަދު ވަނީ އަތޮޅު ދުވުމުގެ ޕާޓްނަރަކަށް ސެމްސަންގް ހަމަޖެހުނުކަން އިއުލާނުކޮށްފަ އެވެ. އަދި މި އެއްބަސްވުމުގެ ދަށުން އަތޮޅު ދުވުމުގައި ފެބްރުއަރީ މަސް ނިމޭއިރު ލީޑާ ބޯޑުގެ އެއްވަނައަށްދާ ފަރާތަކަށް ސެމްސަންގް ގެލެކްސީ އެސް 24 އަލްޓްރާ ފޯނެއް ލިބޭނެ ކަމަށް އުރީދޫން ބުނެ އެވެ.

މި ގޭމުގައި 12 ލެވެލް ހިމެނޭއިރު، ކޮންމެ މަހަކު އާ ލެވެލެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.

އުރީދޫގެ 2024ގެ ކަލަންޑަރުގައި ސިއްރު އާޓްވޯކް ހިމެނިފައިވާއިރު، މި އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ. ފެބުރުއަރީ މަހު އަތޮޅު ދުވުން ގޭމުން ފެނިގެން ދާނީ ހދ. ކުޅުދުއްފުއްޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް