ads
އަލީ ވަހީދު..
ބަލަކާއި ގަޕޯވެސް ޓިކެޓް ކަށަވަރުކޮށްފި
އެމްޑީޕީ މަޖިލިސް ޓިކެޓް މިދިޔަ ސަރުކާރުގެ ޓްއަރިޒަމް މިނިސްޓަރުކަން ކުރެއްވި އަލީ ވަހީދާއި މިހާރުގެ ރައްޔިތުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރް މޫސާ ކަށަވަރުކޮށްފިއެވެ.
Advertisement

މިއަދު ބޭއްވި އެމްޑީޕީ ޕްރައިމެރީގެ ވަގުތީ ނަތިޖާތައް މިހާރު ދަނީ އާއްމުވަމުންނެވެ. 

މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ ޕްރައިމެރީގައި އަލީ ވަހީދު (ބަލަކް) ވާދަކުރީ ކުޅުދުއްފުށި ދެކުނު ދާއިރާގައެވެ. އަބްދުލްގަފޫރް މޫސާ (ގަޕޯ) ވާދަކުރީ މިހާރުވެސް ހުންނެވި ހަނިމާދޫ ދާއިރާއަށެވެ.  

އަލީ ވަހީދު އެމްޑީޕީގެ ޕްރައިމެރީ މި ކާމިޔާބުކުރީ 2018 ވަނައަހަރު ރިޔާސީ އިންތިހާބުގެ ދުވަަސްވަރު އެމްޑިޕީން ވަކިވެ ޖޭޕީ މެމްބަރެއްގެ ގޮތުގައި ހުރުމަށްފަހު 7 އަހަރު ފަހުން އަލުން އެމްޑީޕީއާއި ގުޅުމަށްފަހުއެވެ. 

މިހާތަނަށް އާއްމު ނަތީޖާތައް ދައްކާގޮތުން މިދިޔަ ސަރުކާރުގެ ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމްވެސް ވަނީ ޓިކެޓް ކަށްވަރުކޮށްފައެވެ. ނަޒްރާ ޓިކެޓް ކަށްވަރުކުރީ ފުވައްމުލަކު ދެކުނު ދާއިރާގައެވެ. 

މިއަދުގެ އިންތިހާބުގައި މާލެ ހިމެނޭހެން 96 ރަށެއްގައި ވޯޓުލުން ކުރިއަށް ގެންދިޔަ އެވެ. މިއަދުގެ އިންތިހާބު ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ސުލްހަވެރިކަމާއެކު އެވެ.

އަންނަ މާޗު 17 ގައި އޮންނަ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ކެންޑިޑޭޓަކު ނެރެފައި ނުވަނީ ދެ ދާއިރާއަކަށެވެ. ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ ޓިކެޓު ވަނީ 46 ބޭފުޅަކު ކަށަވަރު ކުރައްވައިފަ އެވެ. މިފަހަރުގެ އިންތިހާބުގައި އިލެކްޝަންސް އިން ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ 93 ދާއިރާއަކަށެވެ.

މިއަދު ޕްރައިމަރީ ކުރިއަށް ގެންދިޔަ ދާއިރާތަކާ އެކު އެމްޑީޕީގެ ކެންޑިޑޭޓުން ހަމަވެފައި ވަނީ 86 ދާއިރާއަށެވެ. ނަމަވެސް ބާކީ ހުރި ދާއިރާތަކަށް ވެސް ވާދަ ކުރާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.

އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީން ބޮޑު ކާމިޔާބީއެއް ހޯދާފައިވެ އެވެ. 2019 ވަނަ އަހަރު ބޭއްވި އެ އިންތިހާބުގައި އެ ޕާޓީން ވަނީ 87 ދާއިރާގެ ތެރެެއިން 65 ދާއިރާ ކާމިޔާބުކޮށްފަ އެވެ. އެއީ އެއް ޕާޓީއަކަށް އެހާ ބޮޑު މެޖޯރިޓީއެއް ލިބުނު ހަމައެކަނި ފަހަރެވެ.

50%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް