ads
ފޮޓޯ: އެމްޕީއެލް
އެމްޕީއެލްއިން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ބާއްވައިފި
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން އިންދްރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ގުޅިގެން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފި އެވެ.

އެމްޕީއެލްއިން މިއަދު ބޭއްވި ލޭ ހަދިޔާކުރުމުގެ ހަރަކާތް ކުރިޔަށް ގެންގޮސްފައި ވަނީ މާލޭގެ ނޯތު ހާބަރު ސަރަހައްދުގަ އެވެ.

ލޭ ހަދިޔާކުރުމުގެ އެ ހަރަކާތަކީ އައިޖީއެމްއެޗްގެ ބްލަޑް ބޭންކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހިންގި ހަރަކާތެއް ކަމަށް އެމްޕީއެލްއިން ބުނެ އެވެ.

އެމްޕީއެލްއިން ބުނީ އެ ހަރަކާތުގައި އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުުންތަކެއް ބްލަޑް ބޭންކަށް ލޭ ހަދިޔާކޮށްފައި ވާ ކަމަށެވެ.

 

މީގެ ކުރިންވެސް އެކި ފަހަރު މަތިން އެމްީޕއެލް އިން ލޭ ހަދިޔާކުރުމުގެ ހަރަކާތްތައް ބާއްވާކަން ފާހަގަކޮށްލެވެ އެވެ.

އެމްޕީއެލްގެ އިތުރުން އެހެނިހެން ކުންފުނިތަކުން ވެސް ދޭތެރެ ދޭތެރެއިން ބްލަޑް ބޭންކަށް ލޭ ހަދިޔާ ކުރުމުގެ ހަރަކާތްތައް ދަނީ ބާއްވަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް