ads
ކެންސަރުގެ ފަރުވާއަށް ފަހު މިނިސްޓަރު ރަމީލާ އޮފީހަށް ނުކުންނަވައިފި
ކެންސަރު ބައްޔަށް ފަރުވާ ހޯދެއްވުމަށްފަހު އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ މިއަދު އޮފީހަށް ނިކުންނަވަން ފައްޓަވައިފި އެވެ.

މިނިސްޓަރު ރަމީލާ ކެންސަރަށް ފަރުވާ ހޯދެއްވުމަށް ރާއްޖޭން ބޭރަށް ފުރުއްވަން އުޅުއްވާކަން ހާމަކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ފުވަހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި މިނިސްޓަރު ވިދާޅުވެފައިވަނީ ކެންސަރު ބަލީގެ އެޑްވާންސް ސްޓޭޖުގައި ހުންނެވުމުން، ކިމޯތެރަޕީ އަދި ރޭޑިއޭޝަން ނެގުމަށް ރާއްޖެން ބޭރަށް ފުރަން ހަމަޖެހިފައި ޖެހިފައިވާ ކަމަށެވެ. އަދި އެންމެހާ ފަރާތްތަކުގެ ހެޔޮ ދުއާއަށް މިނިސްޓަރު އެދިލެއްވި އެވެ.

ޑރ. ރަމީލާ ކެންސަރަށް ޑައިގްނޯސް ކުރެވުނުކަން ހާމަކުރެއްވި ނަމަވެސް އެއީ ކެންސަރުގެ ކޮން ބާވަތެއް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ. އެ ކަމަނާ ފަރުވާ ހޯއްދެވުމަށް ވަޑައިގަންނަވާނީ އިންޑިއާއަށެވެ.

މި ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ މަދު އަނހެން ބޭފުޅުންގެ ތެރޭގައި ހިމެނޭ ޑރ. ރަމީލާ، ކެންސަރުގެ ފަރުވާއަށް ފަހު ހެޔޮ ހާލުގައި އެނބުރި ވަޑައިގަންނަވާނެ ކަމުގެ އިންތިޒާރުގައި މުޅި ސަރުކާރު ވެސް އޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އޭރު ވިދާޅުވި އެވެ.

ނަރުހެއްގެ ގޮތުގައި 1990 ވަނަ އަހަރު މަސައްކަތް ފެއްޓެވި ޑރ. ރަމީލާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެ ފަހަރެއްގެ މަތިން ކުރިން ކުރައްވާފަ އެވެ. ޑރ. ރަމީލާ ވަނީ 2010 ވަނަ އަހަރު ސޯޝަލް ސައިންސްގެ ދާއިރާއިން މެލޭޝިއާއިން ޕީއެޗްޑީވެސް ހާސިލުކުރައްވާފަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް