މި ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު ގަތަރުގެ ވެރިރަށް ދޯހާގައި އޮންނަ މެރެތަންއަށް ލަކީ ޑްރޯއިން ހޮވޭ ދެ ކަސްޓަރަަކަށް ހިލޭ ދަތުރެއް ދިނުމަށް އުރީދޫއިން ވަނީ ނިންމާފަ އެވެ.
އުރީދޫއިން ބުނީ މި ލަކީ ޑްރޯގައި ބައިވެރިވެވޭނީ އެ ކުންފުނީގެ ހިދުމަތް ބޭނުންކުރާތާ މަދުވެގެން އެއް އަހަރު ވެފައިވާ ކަސްޓަމަރުންނަށް ކަމަށެވެ.
އަދި މި ލަކީ ޑްރޯގައި ބައިވެރިވެވޭނީި މީގެކުރިން މެރަތަންއެއްގައި ދުވެފައިވާ، އަދި ދިވެހި ޕާސްޕޯޓާއި ގަތަރަށް ދަތުރުކުރުމަށް ބޭނުނުންވާނެ އެންމެހާ ލިޔެކިއުންތައް ހަމަޔަށް ހުރި ފަރާތް ތަކަށް ކަމަށް ވެސް އުރީދޫއިން ބުނެ އެވެ.
މި ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.