ads
މާދަމާގެ ބަޔާނުގައި ވަރަށް މުހިންމު ކަންތައްތަކެއް ރައީސް ފާހަގަކުރާނެ: ހަލީލް
މާދަމާގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް މުހިންމު ކަންތައްތަކެއް ހާމަކުރައްވާނެކަމަށް މިނިސްޓަރ ފޮރ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަންސް އިބްރާހީމް ޚަލީލު ވިދާޅުވެއްޖެއެވެ.

ވެރިކަމަށް ވަޑައިގަތުމަށްފަހު ދެއްވާ އެންމެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވާ ރައްޔިތުން މަޖިލީހުގެ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 9 ޖަހާއިރުއެވެ. 

ރައީސް އޮފީހުގެ މިނިސްޓަރ ފޮރ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަންސް އިބްރާހީމް ޚަލީލު ވިދާޅުވީ މާދަމާ ރައީސް ޑރ މުއިއްޒު ދެއްވާ ރިޔާސީ ބަޔާން ވެގެންދާނީ ދިވެހިރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައި ދިވެހި ޤައުމުގެ އެންމެ މަތީ ވެރިއަކު ރައްޔިތުންގެ މަޖިލީހުގައި މިހާތަނަށް ހުށަހަޅުއްވަވާ އެންމެ ޝާމިލް އެންމެ ވިޝަނަރީ ޤައުމީ ތަޞައްވުރުތައް ހިމެނޭ ބަޔާނަށްކަމަށެވެ. އަދި ދިވެހި ރައްޔިތުންނާއި ދިވެހި ޤައުމަށް ވަރަށް ވަރަށް މުހުއްމު ކަންތަތަކެއް މާދަމާގެ ބަޔާނުގައި ރައީސް ހާމަކުރައްވާނެކަމަށްވެސް ހަލީލް ވިދާޅުވިއެވެ. 

" މިއީ ދިވެހި ރައްޔިތުންނަށް އަދި ދިވެހި ޤައުމަށް ވަރަށް އުންމީދީ އަދި ވަރަށް މުހިންމު ކަންތައްތަކެއް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާނެ އަދި ހާމަކުރައްވާނެ ރިޔާސީ ބަޔާނެއް." ރައީސް އޮފީހުގެ މިނިސްޓަރ ހަލީލް ވިދާޅުވިއެވެ.

ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ވަނީ ކޮންމެ އަހަރެއްގެ ރައްޔިތުން މަޖިލިސް ދައުރު ފަށާ ޖަލްސާގައި ޤައުމުގެ ހާލަތު ބަޔާންކޮށްދީ ޤައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ރިޔާސީ ބަޔާނެއް ހުށައަޅަން ވާނެކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް