ރޭ ކުރިޔަށް ދިޔަ އަހާ ފޯރަމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވީ ސިފައިންނަކީ ކިތަންމެ މަތީ ފެންވަރަކަށް ތަމްރީނުވެފައިވާ ބައެއް ނަމަވެސް، ގައުމުގެ ދިފާއީ މަސައްކަތްތައް އެންމެ ފުރިހަމައަށް ކުރެވޭނީ ޒަމާނީ ވަސީލަތްތައް ލިބިގެންކަމަށެވެ.
އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން މިހާރުވެސް ދެ މަނަވަރަކާއި ޑްރޯންތައް ހޯދާފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ކޯސްޓްގާޑްގެ ބޭނުމަށް މިހާރުވެސް އިތުރު އުޅަނދުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން ބައެއް އުޅަނދުތައް އަންނަ މަހު ރާއްޖެ އަންނާނެކަމަށްވެސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި އެވެ.
މީގެއިތުރުން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ ބޭނުމަަށްވެސް އިތުރު އުޅަނދުތަކެއް ގެންނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް މިނިސްޓާރު ވިދާޅުވި އެވެ. އެގޮތުން އެސްޓީއޯ މެދުވެރިކޮށް ގެންނަ މި އުޅަނދުތައް މެދުވެރިކޮށް އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތައް ކޮންޓްރޯލްކުރަން ފަސޭހަ ވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ސީ އެމްބިއުލާންސް ފްލީޓަށް އިތުރުކުރުމަށް 12 ސީ އެމްބިއުލާންސް ބަނުމުގެ މަސައްކަތް ރާއްޖޭގައި ކުރަމުން އަންނަކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.