އެކަނިވެރިމައިންގެ އިނާޔަތް އަންނަ އަހަރު ބޮޑުވާނެ: ރައީސް
މުހައްމަދު އާދަމް އަހްމަދު
05 ފެބްރުއަރީ 2024 - 08:53:33
އެކަނިވެރި މައިންނަށް ދޭ އިނޔާތަތް އަންނަ އަހަރު ބޮޑުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދަޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރައީސް އޮފީހުން މިހާރު ކުރިޔަށް ގެންދާ ރައީސްގެ ޖަވާބުގއި އާއްމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
"އިރާދަ ކުރެއްވިއްޔާ މި އަންނަ އަހަރަކީ އެކަނިވެރި މައިންގެ އިނާޔަތް ބޮޑު ކުރެވިގެންދާނެ އަހަރަކަށް ހަދާނަން. މިއަހަރުވެސް މަސައްކަތް ކުރަމުން މިދަނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޔަތީމު ކުދިންނަށްޓަކާ ވެސް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެ މަސައްކަތް ފުޅާކޮށް، އެކުދިންނަށް ބޮޑު ސަމާލު ކަމެއް ދެވިގެންދާނެ ކަމަށެވެ.
"ކުރިއަށް އޮތް ދުވަސްތަކުގައި ޔަތީމު ކުދިންނަށް ވެސް އަދި މުޖުތަމައުގައި ހަވާސާވެފައި ތިބި ކުދިންނަށް ވެސް މީގެ ކުރިން ނުދެވޭ ވަރުގެ ސަމާލުކަމެއް ދީ، އަޅާލުންތެރިކަން، އެހީތެރިކަން އަޅުގަނޑުމެން ދޭނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވައުދުވެވަޑައިގެންފައި ވަނީ އެކަނިވެރި މައިންނަށަށާއި އެކަނިވެރި ބަފައިންނަށް 12،000 ރުފިޔާއާ ހަމައަށް އިނާޔަތް ބޮޑުކޮށްދެއްވާނެ ކަމަށެވެ. އެގޮތުން، ކޮންމެ ދަރިޔަކަށް މަހަކު 3000 ރުރިޔާ އިތުރު ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް