ads
ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްއިން ތަރައްގީކުރި 'ޖާވަކަރަ އައިލެންޑްސް މޯލްޑިވްސް' ރިސޯޓު - ފޮޓޯ:ޖާވަކަރަ
އަމާޒަކީ މި އަހަރު އާ 20 ރިސޯޓު ހުޅުވުން: ރައީސް
ޓޫރިޒަމްގެ ދާއިރާގައި ސަރުކާރުގެ އަމާޒަކީ އާ 20 ރިސޯޓް މިއަހަރު ހުޅުވައި 2857 އެނދު އުފެދިގެން ދިޔުން ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ނުހެދި ހުރި ރިސޯޓްތައް ނިންމަން ފުރުސަތު ފަހިކޮށްދީ، ފަތުރުވެރިކަން ތަރައްޤީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށްރަށާއި ބިންބިމާއި ފަޅުތަކުގެ ތެރެއިން، އެކިއެކި ސަބަބުތަކާއި ހެދި މަސައްކަތް ހުއްޓިފައިވާ ތަންތަން ތަރައްގީކުރުމަށް ހުރި ދަތިތަކާއި ހުރަސްތައްބަލައި އެކަންކަމަށް ހައްލުތައް ދެނެގަތުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި ކަމަށެވެ.

މިގޮތުން ޓޫރިޒަމް ތަރައްގީކުރަން ދޫކޮށްފައިވާ 63 މަޝްރޫއެއް ނިންމައި މާކެޓަށް ނެރުމަށް ޓޫރިޒަމް މިނިސްޓްރީއާއި، ފައިނޭންސް މިނިސްޓްރީއާއި މީރާ އަދި އިކޮނޮމިކް ކައުންސިލް ގުޅިގެން ސިޔާސަތެއް މިހާރު އެކުލަވާލެވެމުން އަންނަ ކަމަށެވެ. 

"ޓޫރިޒަމް ތަރައްގީ ކުރަން ދޫކޮށްފައިވާ 63 މަޝްރޫއެއް ނިންމައި މާކެޓަށް ނެރުމަށް ޓޫރިޒަމް މިނިސްޓްރީއާއި، ފައިނޭންސް މިނިސްޓްރީއާއި މީރާ އަދި އިކޮނޮމިކް ކައުންސިލް ގުޅިގެން ސިޔާސަތެއް މިހާރުދަނީ އެކުލަވާލެވެމުން. އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި މި މަސައްކަތް ނިމޭނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އަދި މިފަދަ ތަންތަން ތަރައްގީކޮށް ނިންމުމަށްޓަކައި ލީސް އެގްރީމަންޓާއި އިންވެސްމަންޓްތައް ރީ-ސްޓްރަކްޗާކޮށް، އެ ރަށްތަކުގެ މަސައްކަތް ނިންމުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ސިޔާސަތެއް އެކުލަވައިލާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީގައި ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުސަތުތައް މުޅި ދުނިޔެއަށް ހުޅުވާލާނެ ކަމަށާއި ޗައިނާ އެކު ވެފައިވާ ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމުން އެތައް މަންފާއެއް ދިވެހި ވިޔަފާރިތަކާއި އިގްތިސާދަށް ލިބޭނެ ކަމަށެވެ.

ރައްޖޭގައި މިވަގުތު 175 ރިސޯޓު އަންނަނީ ހިންގަމުންނެވެ. އެއީ 42000 އެނދެވެ. ރާއްޖައި މިވަގުތު 61000 އެނދު ބޭނުން ކުރަމުން އަންނަ އިރު އޭގެ 70 ޕަސެންޓަކީ ރިސޯޓުތަކެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް