ads
ވިލިމާލޭ އިންޖީނުގޭގައި 1.6 މެގަވޯޓްގެ ޖަނަރޭޓަރު ސެޓެއް ބަހައްޓަނީ
ވިލިމާލޭގެ އިންޖީނުގެއަށް ބައެއް އިތުރުކޮށް، 1.6 މެގަވޯޓްގެ ޖަނަރޭޓަރު ސެޓެއް ބެހެއްޓުމުގެ މަސައްކަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ފަށައިފި އެވެ.

ސްޓެލްކޯއިން ބުނީ މިއީ މި އަހަރުގެ ހޫނު މޫސުމަށް ތައްޔާރުވުމުގެ ގޮތުން ފަށާފައިވާ މަސައްކަތެއް ކަމަށެވެ. އަދި 1.6 މެގަވޯޓްގެ ޖަނަރޭޓަރު ސެޓް ބެހެއްޓުމާއެކު ވިލިމާލޭގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ހޫނުގަދަ ދުވަސްވަރު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމާ ގުޅިގެން އިންޖީނުތައް އޯވަލޯޑްވެ ކަރަންޓު ކެނޑުމަކީ އާންމުކޮށް ދިމާވަމުންދާ މައްސަލައެކެވެ.

ވިލިމާލޭގެ ކަރަންޓުގެ ހާލަތު ދެނަގަނެ، ޕަވާ ސިސްޓަމް އަޕްގްރޭޑްކޮށް، ކަރަންޓުގެ ހިދުމަތް އިތުރަށް ފުރިހަމަކޮށް ވިލިމާލެއަށް ފޯރުކޮށްދިނުމަށް، ދުރުރާސްތާ ޕްލޭނެއް އެކުލަވާލުމަށްޓަކައި ސާވޭއެއް ހެދުމުގެ މަސައްކަތް ވެސް ސްޓެލްކޯއިން ވަނީ މީގެކުރިން ކުރިއަށް ގެންގޮސްފައިވެ އެވެ.

އެއީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަމެންޓް އެންޑް އެނާޖީއާއި ސްޓެލްކޯއާ ދެމެދު މިދިޔަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ސޮއިކޮށްފައިވާ ފަހުމުނަމާގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް