ads
ވޯލްޑް ބޭންކްގެ ސައުތް އޭޝިއާގެ ނައިބު ރައީސް މާފުށްޓަށް ވަޑައިގެންފި
ވޯލްޑް ބޭންކްގެ ސައުތް އޭޝިއާ ސަރަހައްދުގެ ނައިބު ރައީސް މާޓިން ރެއިސާ މިއަދު ކ. މާފުށްޓަށް ވަޑައިގެންފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި ދަތުރަކީ އެ ރަށުގައި ހިއުމަން ކެޕިޓަލް ޑިވެލޮޕްމަންޓްއަށް ހުރި ދަތިތައް އޮޅުންފިލުއްވައި، އެ ދާއިރާއިން ކުރިއެރުންތައް ހޯދޭނެ މަގުތައް ހޯދުމަށްޓަކައި ކުރެއްވި ދަތުރެއް ކަމަށެވެ.

މި ދަތުރުގައި މާޓިންއާއި ވަފްދުގެ ބޭފުޅުން ވަނީ މާފުށި ކައުންސިލްގެ އިދާރާއަށާއި، ސްކޫލަށާއި، ޕްރީ ސްކޫލްގެ އިތުރުން ހޮސްޕިޓަލަސް ވެސް ޒިޔާރަތް ކުރައްވާފަ އެވެ.

ވޯލްޑް ބޭންކްގެ ސައުތް އޭޝިއާ ސަރަހައްދުގެ ނައިބު ރައީސް މާޓިން ވަނީ މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒާ ވެސް ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުކުރެއްވުމުގައި ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން އެދެވޭ މަޝްވަރާ ތަކެއް ކުރައްވާފައިވަ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ. 

މީގެއިތުރުުން މާޓިން ވަނީ އިއްޔެ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދާއި އެ ކުންފުނީގެ މެނޭޖްމަންޓްގެ ބޭފުޅުންނާ ވެސް ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުކުރެއްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާގެ ބޭފުޅުން ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް