ads
ތިނަދޫ ސިޓީގެ މައްސަލަ އެޖެންޑާ ނުކުރާތީ މިނިސްޓަރުގެ ކަންބޮޑުވުން
ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމާ ގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލިހުން އެޖެންޑާ ނުކުރާތީ، ސިޓީޒް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މިނިސްޓަރު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މައްސަލައަށް ގާނޫނީ ފަރުވާ ހޯދައިދޭންޖެހޭ ކަމަށެވެ. އަދި އެ މައްސަލައަށް މަޖިލިހުން ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގާނޫނުގައިވާގޮތުން ތިނަދޫ ސިޓީގެ މައްސަލައަށް މަޖިލިހުން ހައްލެއް ހޯދައިދޭން ޖެހޭއިރު އެ މައްސަލަ އެޖެންޑާ ނުކުރެވި ދަތީ ކަންބޮޑުވާ ކަމަށެވެ. 

"އެ މައްސަލަ އެޖެންޑާ ނުކުރެވޭތީ ކަންބޮޑުވޭ." މިނިސްޓަރު ވިދާޅުވި އެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނީ މިދިޔަ އަހަރުގެ އޮގަސްޓް 30 ގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގަ އެވެ. އަދި އެއީީ އެރަށަށް ސިޓީއެއްގެ ދަރަޖަ ދެއްވާނެ ކަމަށް ރިޔާސީ ކެމްޕޭނުގެ ތެރޭގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމުން، އަވަސް އަރުއްވާލައިގެން ކުރެއްވި ކަމެއްގެ ގޮތުގައި މިނިސްޓަރު ވަނީ ސިފަކުރައްވާފަ އެވެ.

މީގެކުރިން އެ މައްސަލައިގައި އެލްޖީއޭގެ ބޯޑުން ވަނީ، ތިނަދޫ ކައުންސިލްގެ ދައުރު ހަމަވެ، ސިޓީ ކައުންސިލް އިންތިހާބު ވަންދެން ހިނގަމުންދާ ކައުންސިލްގެ ހައިސިއްޔަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި، ތިނަދޫގައި އޮންނާނީ ސިޓީ ކައުންސިލެއްގެ ބަދަލުގައި ރަށު ކައުންސިލެއް ކަމަށް ނިންމައި ބަޔާނެއް ނެރެފަ އެވެ.

އެކަމާ ގުޅިގެން ތިނަދޫ ކައުންސިލުން ބުނެފައިވަނީ އެލްޖީއޭގެ ބޯޑުން ނިންމި ނިންމުން ބަލައި ނުގަންނާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް