ads
ސިވިލް ސާވިސް ކޮމިޝަންގެ ބައްދަލުވުމެއްގެ ތެރެއިން
ސިވިލް ކޮމިޝަނަށް އައްޔަންކުރަން 3 ނަމެއް މަޖިލީހަށް
ސިވިލް ސާވިސް ކޮމިޝަނުން ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް އައްޔަންކުރެއްވުމަށް 3 ނަމެއް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށައަޅުއްވައިފިއެވެ.

ސީއެސްސީގެ މަގާމެއް ހުސްވީ އެ ކޮމިޝަންގެ މެންބަރަކަށް ހުންނެވި ފާތިމަތު އާމިރާގެ ދައުރު ހަމަވުމާއި ގުޅިގެންނެވެ. 

ސިވިލް ސާވިސަށް ކުތިމަތިލާން ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކުންގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފެނިވަަޑައިގަންނަވާ 3 ނަމެއް މަޖލީހަށް ފޮނުވާފައެވެ. 

މަޖިލީހަށް ފޮނުއްވި ނަންތައް 

  1. އަބްދުލް ހަސީބް އިސްމާއިލް / ދަފްތަރު ނަމްބަރު ރސ -7505
  2. ފާތިމަތު ހަބީބާ / ދަފްތަރު ނަމްބަރު ރސ -9475
  3. މަރިޔަމް ޝާހިދާ / މއ. ފޮރެސްޓް  

މި ނަންތައް ދިރާސާކުރުމަށް މަޖިލީހުގެ ރިޔާސަތުން ވަނީ ކޮމެޓީއަށް ފޮނުވާފައެވެ.

5 މެމްބަރުން ތިއްބަވާ ކޮމިޝަންގައި މިހާރު ތިއްބެވި 4 މެމްބަރުންނަކީ މުހައްމަދު ނާސިހް (ކޮމިޝަންގެ ރައީސް) އިބްރާހިމް ރަޝީދު ( ނައިބް ރައީސް) މުހައްމަދު ފަރުޝަތުގެ އިތުރުން ފާތިމަތު ޝަރީފްއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް