ads
ކެޔޮދޫ މިސްކިތު ބިއްލޫރި ދޮރު ތަޅާލި މީހާ ޖަލަށް
ވ. ކެޔޮދޫގެ މިސްކިތަށް ގެއްލުން ދިން މީހާ ޖަލަށްލާން ހުކުމްކޮށްފިއެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު، ވ. ކެޔޮދޫ ޒައިދު ބުނު ޘާބިތު މިސްކިތުގެ ބިއްލޫރި ބޮޑު ދޮރު ތަޅާލި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ ވ. ކެޔޮދޫ ޑްރީމް ހައުސް އަހްމަދު އަފްރާއު އަލީ ކިޔާ މީހެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލީ، މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު މި ހާދިސާ ހިނގީ، ވ. ކެޔޮދޫގެ މިސްކިތުގައި ހުންނަ ހަތިމުތައް ވީދާ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ. މިސްކިތުގެ ހަތިމްތައް ވީދާ މައްސަލަ ބޮޑުވެފައިވަނިކޮށް، މިސްކިތުގެ ބިއްލޫރި ދޮރު، ގޮނޑިއަކުން ޖަހައި ތަޅާލި މައްސަލައިގައި އަފްރާއު ހައްޔަރު ކުރިއެވެ.

މި މައްސަލައިގައި، ދައުލަތުން އަފްރާއުއާ ދެކޮޅަށް ކުރި ދައުވާއަށް އޭނާވަނީ އިންކާރުކޮށްފައެވެ. އެހެންނަމަވެސް، ދައުލަތުން ހުށަހެޅި ހެކިންގެ ހެކި ބަހަށް ބަލައި އޭނާގެ މައްޗަށް މައްސަލަ ސާބިތުވާ ކަމަށް ކަނޑައެޅީ ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުން މި ހަފްތާތެރޭގައެވެ.

މި މައްސަލައިގެ ކުށް ސާބިތުވެ، އަފްރާއުގެ މައްޗަށް ކޮށްފައިވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އެހެންނަމަވެސް، މި މައްސަލައިގެ ތަހުގީގު މުއްދަތުގައި އަފްރާއު ތިން މަހަށްވުރެ ގިނަ ދުވަހު ބަންދުކޮށްފައި ހުރުމުން، މައްސަލައިގައި އޭނާ ދެން އިތުރަށް ތަންފީޒު ކުރަން ޖެހޭ މުއްދަތެއް ނެތެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް