ads
މަހިބަދޫ ޕޮލިސް ސްޓޭޝަން
މިސްކިތަށް ގެއްލުންދިން މީހާ ޝަރީއަތް ނިމެންދެން ބަންދަށް
ވ. ކެޔޮދޫ މިސްކިތުގެ ބިއްލޫރިގަނޑެއް ތަޅާލި މައްސަލައިގައި ހައްޔަރު ކުރި މީހާ، ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކެޔޮދޫ މިސްކިތަށް ގެއްލުންދިން މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ގެންދިޔައީ ވ. ފުލިދޫ ކޯޓަށެވެ. 

ފުލިދޫ ކޯޓުން އެ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރު ކުރުމުން، އޭނާ އަރިއަތޮޅަށް ގެންގޮސް ބަންދުކޮށްފައިވާ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ބަންދުކޮށްފައި ހުރީ އދ. މަހިބަދޫ ފުލުހުންގެ މަރުކަޒުގައެވެ.

ކެޔޮދޫ މިސްކިތުގެ ބިއްލޫރިގަނޑެއް ތަޅާލި މައްސަލައިގައި ހައްޔަރު ކުރި މީހާގެ މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެކަމަކު މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހައްޔަރު ކުރި މީހާއަކީ ކެޔޮދޫ މިސްކިތުގައި ހުރި ހަތިމުތަކަށް ގެއްލުން ދިން މީހާތޯ ސީއެންއެމްއިން ކުރިން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށެވެ.

ކެޔޮދޫއިން ސީއެންއެމްއާއި ކުރިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ފުލުހުންގެ ހައްޔަރު ކުރި މީހާ އަކީ އެރަށަށް ނިސްބަތްވާ މީހެކެވެ. އަދި އޭނާއަކީ ކުރިން ވަރަށް ރަނގަޅަށް އުޅުނު މީހެއް ކަމަށާއި ނަމަވެސް ފަހަކަށް އައިސް އޭނާގެ އުޅުމަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

ކެޔޮދޫގައި ހަތިމުތަކަށް ގެއްލުން ދިނުމާއި މިސްކިތަށް ގެއްލުން ދިނުމުގެ މައްސަލައެއް ފެންމަތިވެފައި ވާއިރު މީގެ ކުރިންވެސް ކެޔޮދޫގައިވަނީ މިސްކިތުގައި ހުރި ހަތިމުތަކަކަށް ގެއްލުން ދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް