ads
ރައީސް ޑރ މުއިއްޒު
ކެމްޕްއިނުގައި ރައީސް ދެއްކެވި ވާހަކަފުޅުތައް ހިމެނޭ ފޮތް ޝާއިއު ކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުއްމަދު މުއިއްޒު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން، ދިވެހި ރައްޔިތުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުތަށް ހިމެނޭ ފޮތް ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފި އެވެ.

ރިޔާސީ އިންތިހާބުގައި ދައްކަވާ ހުރިހާ ވާހަކަފުޅުތަކާއި، ވެވަޑައިގަންނަވާ ހުރިހާ ވަޢުދެއް އެއްފޮތެއްގެ ސިފައިގާ ޝާއިއުކުރައްވައި އާންމުކުރެއްވުމަކީ، ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

"ދިވެހީންގެރާއްޖެ" މި ޝިއާރުގެ ދަށުން، ޕީޕީއެމް-ޕީއެންސީއިން ކުރިއަށް ގެންދިޔަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި، ދިވެހި ގައުމުގެ ހާލަތާއި ކުރިމަގާމެދު ގެންގުޅުއްވާ ވިސްނުންފުޅާއި ތަސައްވުރާއި ސިޔާސަތު ހާމަކުރައްވައި، އެ މަނިކުފާނު ވަނީ 205 ފަހަރު ވާހަކަފުޅު ދައްކަވާފަ އެވެ.

އެ ހުރިހާ ވާހަކަތަކެއް ހިމަނައިގެން 1024 ސަފުހާގެ މައްޗަށް އެކުލަވާލާފައިވާ މި ފޮތުގައި، ރައްޔިތުންނާ މުހާތަބުކުރައްވައި ދެއްކެވި ކޮންމެ ވާހަކަފުޅެއްގައި ވެވަޑައިގެންނެވި މުހިންމު ވައުދުފުޅުތައް ވަނީ ވަކީން ފާހަގަކޮށްފައި ވާއިރު، ކެމްޕެއިނުގެ ހަރަކާތްތަކުގެ ފޮޓޯތައް ވެސް އެ ފޮތުގައި ހިމަނާފައިވެ އެވެ.



ރައީސް އޮފިހުން ބުނީ މިއީ ރާއްޖޭގެ ރައީސަކު، ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތަކާއި އިންތިހާބުގައި ދެއްކެވި ވާހަކަފުޅުތައް ފޮތެއްގެ ސިފައިގާ އެކުލަވައިލައްވާ އާންމުކުރާ ފުރަތަމަ ފަހަރު ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުން މިފޮތުގައި ހިމެނޭ ވާހަކަފުޅުތައް ވަކިވަކިން ބައްލަވައިލެއްވުމުގެ އިތުރުން، މުޅި ފޮތް ޕީ.ޑީ.އެފް. ފޯމެޓްގައި ޑައުންލޯޑްވެސް ކުރެވޭނެ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

މީގެއިތުރުން މި ފޮތް ޗާޕުކޮށް، މި ފެބްރުއަރީ މަހުގެ ތެރޭގައި، ސަރުކާރުގެ އިދާރާތަކަށާއި، ސްކޫލް މަދަރުސާތަކަށާއި، ލައިބްރަރީތަކަށް ހަދިޔާކުރުމަށް ހަމަޖައްސާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް