ads
ހުޅުމާލެގައި ބުޅަލުގެ މަރުކަޒު އަޅާ ބިން ހަވާލުކޮށްފި
ހުޅުމާލޭގައި ވަގުތީ ކެޓް ޝެލްޓަރެއް އަޅާ ބިން މާލޭ ސިޓީ ކައުންސިލާއި ހަވާލުކޮށްފިއެވެ.

މި ބިމުގެ ލިޔުންް އެ ކައުންސިލާ ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ނައިބު ފާތިމަތު ޒުހުރާއެވެ. މި ބިން ދީފައިވަނީ ހިޔާ ފްލެޓް ސަރަހައްދުންނެވެ.

ހަ މަސް ދުވަހުގެ ތެރޭ ހުޅުމާލޭގައި ވަގުތީ ކެޓް ޝެލްޓަރެއް އަޅަން މާލޭ ސިޓީ ކައުންސިލާއި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ސޮއިކުރީ މިދިޔަ 25 ގައެވެ. ބުޅާތަކަށް ހާއްސަ ޝެލްޓާތަކެއް އަޅަން ހުޅުމާލެއިން ވަނީ 5،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިފައެވެ. އެތަން ނިމޭއިރު، ބުޅާތަކަށް ހާއްސަ ހޮޓަލާއި ޕާކް އަދި ފިހާރަ ހުންނާނެ އެވެ.

ސިޓީ ކައުންސިލުން ބުނީ ކެޓް ޝެލްޓަާގެ މަސައްކަތް ނިންމާ މިމަހުގެ ތެރޭގައި ބޭނުންކުރަން ފަށާނެކަމަށެވެ. 

your imageކެޓް ޝެލްޓަރ އަޅަން ހާއްސަކުރި ބިން

"ކެޓް ޝެލްޓާގައި ވެޓް ޑޮކްޓަރުން ތިބޭނެ. މާލެ ސަރަހައްދުގެ މަގުމަތީގައި އުޅޭ ބުޅާތައް ޖަމިއްޔާތަކާ ގުޅިގެން ނަގައި އެ ޝެލްޓާއަށް ގެންދާނެ. މި ތަން ނިމޭއިރު ދޫނިތައް ވެސް ހުންނާނެ." ސިޓި ކައުންސިލުން ބުނެފައިވެއެވެ.

ހުރިހާ ވަގުތަކު ވެސް ސިއްހީ ހިދުމަތް ލިބޭނެހެން ހުޅުމާލެ ދެވަނަ ފިޔަވައްސާ ގުޅިފައި އޮތް ފަރުކޮޅުފުށީގައި ޕެޓް ކެއާ ފެސިލިޓީއެއް ގާއިމު ކުރަން ނިންމާ ޖެނުއަރީ 11ވަނަ ދުވަހު ވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށް ބިން ހަވާލުކޮށްފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް