ads
އެމްޑީޕީ 5.6 މިލިއަން ދައްކަން ފަހު ފުރުސަތު، ދެންދާނީ ކޯޓަށް: އައިލެންޑް އޭވިއޭޝަން
މޯލްޑިވިއަން އިން އެމްޑީޕީން 5 މިލިއަން ރުފިޔާ ހޯދަން ދައުވާ ކުރަން ނިންމައިފިއެވެ.

މޯލްޑިވިއަންއިން އެމްޑީޕީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ ޕާޓީއިން މިދިޔަ އިންތިހާބު ދުވަސްވަރުގައި އެ ކުންފުނިން ނަގާފައިވާ ޓިކެޓާއި ޗާޓާ ފްލައިޓްތަކަށް ނުދައްކާ ހުރި ފައިސާގެ އަދަދު 5،629،861 ރުފިޔާއަށް އަރާ ކަމަށެވެ.

މޯލްޑިވިއަންނާއި އެމްޑީޕީއިން އެއްބަސްވެފައިވާނީ ހިދުމަތް ހޯދާތާ 2 ދުވަސްތެރޭގައި ފައިސާ ދައްކާގޮތަށް ކަމަށާއި ނަމަވެސް އެކި ފަހަރު މަތިން ސިޓީ ފޮނުވައިގެން ވެސް އެ ފައިސާ ދައްކާފައި ނުވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ފައިސާ ދައްކަން އެމްޑީޕީ އަށް އައިލެންޑް އޭވިއޭޝަނުން އެންމެ ފަހުން ދިން މުއްދަތަކީ މި މަހުގެ 18 ވަނަ ދުވަހެވެ. އެ ފައިސާ މުއްދަތުގެ ތެރޭގައި ނުދައްކައިފި ނަމަ، އެ މައްސަލައިގެ ޝަރުއީ މަރުހަލާތައް ފަށާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެމްޑީޕީގެ ބަހެއް ހޯދަން ކުރި މަސައްކަތް ކާމިޔާބުވެފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް