ads
ޚާއްޞަ އެކައުންޓާ ގުޅޭގޮތުން، ބޭންކްތަކާއެކު އޮންލައިންކޮށް އީސީން ބޭއްވި ބައްދަލުވުމުގެ ތެރެއިން
މަޖިލިހަށް ވާދަކުރަން އެކައުންޓް ހުޅުވަން އިސްލާމިކް ބޭންކުގެ އެހީ
މަޖިލިހަށް ވާދަކުރާ ފަރާތްތަކުން ހުޅުވަންޖެހޭ އެކައުންޓް ހުޅުވަން އިސްލާމިކް ބޭންކުގެ އެހީތެރިކަން ލިބޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އަންނަ ރައްޔިތުން މަޖިލީހަށް ވާދަކުރާ ކޮންމެ ކެންޑިޑޭޓަކު މުޅި އައު އެކައުންޓެއް ހުޅުވަންޖެހެއެވެ. އަދި އެއްވެސް ދަރަނީގެ ރެކޯޑް އޮތްނަމަ، އެ ދަރަނި އަދާކުރަމުން ދާކަމުގެ ހެކި ހުށަހަޅަންޖެހޭއެވެ. 

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ވިދާޅުވީ އެކައުންޓް ހުޅުވުމުގައި، ދިމާވި ދަތިތައް ޙައްލުކުރުމަށް އެމްއެމްއޭ ބޭންކުތަކުގައި ބުނެފައިވާކަމަށެވެ.

އީސީން މިރޭ ބުނީ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވަންޖެހޭ އާ އެކައުންޓް ހުޅުވުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމުގައި، މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފުރިހަމަ އެހީތެރިކަން ދޭނެކަން އެ ބޭންކުން އެ ކޮމިޝަނަށް އަންގާފައިވާތީ، އެކަން ކެންޑިޑޭޓުންގެ ސަމާލުކަން ގެންނަކަަމަށެވެ. 

20 ވަނަ ރައްޔިތުން މަޖިލީހަށް ވާދަކުރުމަށްް ނަން ހުށައެޅުމަށް ހުޅުވާލި ފުރުސަތު އަންނަ ބުދަދުވަހަށް ހަމަވާނެއެވެ. މަޖިލީހަށް ވާދަކުރުމަށް އިއްޔެގެ ނިޔަލަށް ހުށައަޅާފައިވަނީ 18 ފޯމުކަމަށް އިސީން ބުނެއެވެ. އިންތިހާބު ފަސްކުރުމަށް މިހާރު މަޖިލީހުގައޮ އޮތް ބިލް ފާސްވެ އިންތިހާބު ފަސްކުރަން ޖެހުނު ނަމަވެސް އަލުން ނަން ހުށައަޅަން ފުރުސަތު ނުދެއްވާނެކަމަށް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް މިއަދު ވަނީ ވިދާޅުވެފައެވެ. 

ރޯދަ މަސް ނިންމޭތާ 10 ދުވަސްފަހުން އިންތިހާބު ބާއްވަން އެދި މަޖިލީހަށް ހުށައަޅާފައިވާ ބިލުގެ ކޮމެޓި މަރުހަލާ ނިންމާ އެގޮތަށް އިންތިހާބު ފަސްކުރުމަށް އެކޮމެޓީން ވަނީ ފާސްކޮށްފައެވެ. މިހާރު ހަމަޖެހިފައި އޮތްގޮތުން އަންނަ މަޖިލީހުގެ އިންތިހާބު އޮންނާނީ އަންނަމަހުގެ 17 ވަނަދުވަހުއެވެ. އެއީ ރޯދަމަހުގެ 7 ވަނަ ދުވަހެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް