ads
ހަތްވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެރީނާ ތަގުރީރުކުރަައްވަނީ - ‏ފޮޓޯ: ފޮރިން މިނިސްޓްރީ
ކަނޑު ރައްކާތެރިކުރުމުގެ ގާނޫނުތައް ހަރުދަނާކުރަން ރާއްޖެއިން ގޮވާލައިފި
ކަނޑުފަޅުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ ގާނޫނީ މަސައްކަތްތައް ހަރުދަނާކުރުމަށް ރާއްޖެއިން ގޮވާލައިފި އެވެ.

އޮސްޓްރޭލިއާގެ ޕާތް ސިޓީގައި ކުރިއަށްދިޔަ ހަތް ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ތަގުރީރުކުރައްވަމުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދު ވިދާޅުވީ، ރާއްޖެފަދަ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް، ކަނޑުގެ ވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އަދި ފަހަކަށްއައިސް ކަނޑުތަކަށް ނުރައްކާވާފަދަ ތިމާވެށީގެ މައްސަލަތަކެއް ކުރިމަތިވަމުންދާ ކަމަށާއި، އެފަދަ ނުރައްކާތައް ކުޑަކުރުމަށް ގައުމުތައް ގުޅިގެން ގާނުނީ ފެންވަރުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ޝެރީނާ ވިދާޅުވި އެވެ.

މީގެއިތުރުން ކަނޑުފަޅު ރައްކާތެރިކުރުމަށް ކުރާ އެފަދަ މަސައްކަތްތައް ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ކުރިއަށްގެންދެވޭނެ މަގު ފަހިވުން މުހިއްމުކަމުގައި ޝެރީނާ ވަނީ ފާހަގަކުރައްވާފަ އެވެ.

އޭޝިއާ ސަރަހައްދުގެ ގިނަ ގައުމުތަގުން ބައިވެރިވި އިންޑިއަން އޯޝަން ކޮންފަރެންސަކީ، ކަނޑުތަކާއި ގައުމުތަކުގެ ސަރަހައްދީ ރައްކާތެރިކަމާ ގުޅޭ މަޝަވަރާތައް ކުރުމަށް ބާއްވާ ކޮންފަރެންސެކެވެ.

މި ކޮންފަރެންސްގައި ސްޓޭޓް މިނިސްޓަރު ޝެރީނާ ވަނީ ސަރަހައްދީ ގައުމުތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުންތަކުގައި ރާއްޖެއާއި އެ ގައުމުތަކާމެދު އޮންނަ ގުޅުން އިތުރަށް ފުޅާކުރުމާއި، ގުޅިގެން އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް