އެކޯޕަރޭޝަނުން ބިމެއް ގަނެފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހިންނެވެ. އެ ބިމުގެ ބޮޑުމިނަކީ 5،700 އަކަފޫޓުގެ ބިމެކެވެ.
މި ބިމަށް ދައްކަންޖެހޭ 21،510،876.80 ރުފިޔާ ދައްކާ ޝަރީއަތް މެދުވެރިކޮށް ބިމުގެ މިލްކުވެރިކަން ކޯޕަރޭޝަނުން ވަނީ މިދިޔަ ބުރާސްފަތިދުވަހު ހޯދާފައެވެ.
ބެލެވޭ ގޮތުގައި ހައްޖު ކޯޕަރޭޝަނުން ހުޅުމާލޭން ބިމެއް މި ގަތީ އެ ކޯޕަރޭޝަންގެ އޮފީސް އިމާރާތް އަޅާށެވެ.
ހައްޖު ކޯޕަރޭޝަނުން އެ ކުންފުންޏަށް ފައިސާ ހޯދުމަށް ފަތުރުވެރިކަމުގެ ދާއިރާއަށް ވަނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން މާފުށީގައި ސިޓީ ހޮޓަލެއް އިމާރާތްކޮށްދޭނެ ބަޔަކު ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ.
އެހެންނަމަވެސް ހައްޖު ކޯޕަރޭޝަނުން އެ ވިޔަފާރިއަށް ވަނުން ރަނގަޅު ނޫންކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އިސްލާމިކް މިނިސްޓަރު ޑރ. މުހަެްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފައެވެ.