ads
ދައުރުވަމުން ދަނީ އޭސީސީގެ ލިސްޓެއް ނޫން
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޫކުރުމާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އަށް ހުށަހެޅުނު މައްސަލަ ތަހުގީގު ކުރުމަށް ފަހު އެ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ލިސްޓެއް ކަމަށް ބުނެ ދައުރުކުރަމުން ދަނީ އެ ކޮމިޝަނުގެ ލިސްޓެއް ނޫންކަމަށް އޭސީސީ އިން ބުނެފިއެވެ.
  1. އޭސީސީ އިން ބުނީ ފްލެޓް މައްސަލައާ ގުޅޭގޮތުން އެ ކޮމިޝަނުގެ ތަހުގީގަށް ހޯދިފައިވާ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ތަހުގީގުގެ ބޭނުމަށް ތައްޔާރު ކޮށްފައިވާ ލިސްޓެއްގެ މައުލޫމާތު މިހާތަނަށް ހިއްސާކޮށްފައިވާނީ، ހައުސިން މިނިސްޓްރީއާއި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއާކަމަށެވެ.

  އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް އަދި ލިޔުމެއްވެސް އެ ކޮމިޝަނުން ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްވެސް އާއްމުކޮށްފައިނުވާނޭކަމަށް އޭސީސީން ބުނެއެވެ.

އޭސީސީން ވަނީ އާންމު ރައްޔިތުންނާ ގުޅުންހުރި މިފަދަ ހައްސާސީ މައްސަލައެއްގައި، ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅުވާލުމަށް ސޯޝަލް މީޑިއާގައި ހަގީގަތާއި ހިލާފު ވާހަކަ ފެތުރުމަކީ، ރައްޔިތުންގެ ހިތުގައި ނަފުރަތާއި ރުޅިވެރިކަން އުފެއްދުމަށް ކުރާ ނާތަހުޒީބު، ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށާއި، އެކަމާއި ކަންބޮޑުވާކަމަށް ބުނެފައެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް