ads
މިފްކޯއިން މަސް ގަންނަ އަގު 20 ރުފިޔާއަށް ކުޑަކޮށްފި
ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މަސް ގަންނަ އަގު 20 ރުފިޔާއަށް ކުޑަކުރިކަން އިއުލާންކޮށްފި އެވެ.
Advertisement

މިކަން އިއުލާން ކުރެއްވީ ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް އެވެ.

މިރޭ "ޕީއެސްއެމް"ނިއުސްގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރާއި ހަވާލުވި އިރު މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ވަރަށް ބޮޑު ބެކްލޮގެއް ހުރިކަމަށެވެ.

ކުރީ ސަރުކާރުން މަސްވެރިންނަށް ނުދީ ހުރި 250 މިލިއަން ރުފިޔާގެ ބެކްލޮގެއް މިސަރުކާރަށް ވާރުތަވިކަމަށާއި، އެކަން އެހެން ހިނގާފައިވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު ސިޔާސީ ބޭނުމެއްގައި 17 ރުފިޔާއިން 25 ރުފިޔާއަށް މަހުގެ އަގު ބޮޑުކުރުމުން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

އެ ބަދަލާއެކު މިފްކޯއަށް ވަމުންދިޔަ ގެއްލު އެތައް ގުނައަކަށް އިތުރުވެގެންދިޔަކަމަށާއި، މިފްކޯގެ ކޭޝްފްލޯގަވެސް މައްސަލަ ހުރިކަމަށް ޝިޔާމް ވިދާޅުވި އެވެ.

ކުރީ ސަރުކާރުގެ ވިސްނުން ހުރީ ރިޔާސީ އިންތިހާބު ކާމިޔާބު ވެއްޖެނަމަ ފައިސާ ޗާޕްކޮށްގެން ކޭޝްފްލޯ ހަމަޖެއްސުމަށް ކަމަށެވެ. 

ޝިޔާމް ވިދާޅުވީ ރައީސް މުއިއްޒުގެ ވިސްނުންފުޅު ހުރީ މަސްވެރިންނަށް ދޭން ހުރި ފައިސާ ދިނުމަށާއި މަސްވެރިންނަށް ފައިސާ ދިނުމަށް ސޮވެރެއިން ގެރެންޓީ ދީގެން ލޯނެއް ނަގައިގެން ވިއަސް އެކަން ކުރުމަށެވެ.

ޝިޔާމް ވިދާޅުވީ، މަސްވެރި ސިނާއަތް ހަރުދަނާ ކުރުމަށްޓަކައި ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރިކަމަށާއި، ރައީސްގެ ވައުދުފުޅާ އެއްގޮތައް 20 އަށްވުރެ ދަށް ނޫން އަގެއްގައި މަހުގެ އަގު ހިފަހައްޓާނެކަމަށެވެ.

މަސް ކިލޯއެއް 25 ރުފިޔާއަށް ގަންނަ ކަމަށް ވާނަމަ   އަހަރު ދުވަސް ތެރޭގައި 1.1 ބިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި ދައުލަތުން މިފްކޯއަށް ދޭންޖެހޭނެކަމަށް އަންދާޒާ ކުރެވޭކަމަށް ޝިޔާމް ވިދާޅުވިއެވެ. 

 މިހާރު ދައުލަތައް ލިބޭ އާމްދަނީއާއި އެކީގައި އެއްވެސް ސަރުކާރަކަށް މިއަގުގައި މަސް ގަނެވޭނެކަމަށް ގަބޫލްނުކުރައްވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

 "އެހެންކަމުން އަަޅުގަނޑުމެން މަހުގެ އަގު މުރާޖާ ކުރުމުގައި އެއްކަމަކީ މިފްކޯއަށް ވާގެއްލުން ކުޑަކުރުމަށްޓަކައި، އަދި މިފްކޯއަކީ މިއަދު ހަގީގަތުގައި ދިވެހިރާއްޖޭގެ މަސްވެރިންނަށް ހިދުމަތްދޭން އޮތް އެންމެ ބޮޑު ކުންފުންޏަށް ވާތީއާއިއެކީގައި މިފްކޯވެސް ތެދުވެ އޮންނަ ޖެހޭތީ." 

އެހެން ކަމުން މަހުގެ އަގު މުރާޖާކުރަން ނިންމާފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ. 

"މިހާރު ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުރިވަރަށް ބަލާއިރުގައި މިފްކޯގެ ހަރަދުތަކުން އަރައިގެން މަސް ކިލޯއަކުން ގާތްގަޑަކަށް 11 ރުފިޔާ މި ގެއްލުން މިވަނީ 25 ރުފިޔާއަށް މަސް ގަތީމަ. އެހެންކަމުން އަޅުގަނޑުމެން ގަބޫލްކުރާ ގޮތުގައި މަހުގެ އަގު މި މުރާޖާކުރަން ޖެހޭ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތައް މަސްވެރިންނަށް ޔަގީނުންވެސް 20 ރުފިޔާއަށް ވުރެ ދަށް ނޫން އަގެއްގައި މަހުގެ އަގު ބަހައްޓަން ޖެހޭކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. " ޝިޔާމް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް