ads
ރޯދައަށް ދިރާގުގެ ހާއްސަ ޕްރޮމޯޝަންތަކެއް
"ރޯދައަށް ތައްޔާރު" ގެ ނަމުގައި ރޯދައަށް ދިރާގުގެ ހާއްސަ ޕްރޮމޯޝަންތަކެއް ދިރާގުން ތައާރަފު ކޮށްފިއެވެ.
Advertisement

ދިރާގުން މިއަދު އިއުލާނު ކުރި ރޯދަ ޕްރޮމޯޝަންގައި ހިމެނިގެން އެންމެ ފުރަތަމަ ފަށަނީ "ރޯދަ ރެޑީ" ޕްރޮމޯޝަންއެވެ. ރޯދަ ރެޑީ ލަކީޑްރޯގައި ބައިވެރިވެވޭނީ މިއަދުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަަށް ދިރާގުން ކަނެކްޝަނެއް ނަގައިގެން ކަމަށް ދިރާގުން ބުނެއެވެ.

މި ލަކީޑްރޯއަށް އިނާމްތައް ކަނޑައެޅި އިރު ވިސްނާފައިވާނީ ރޯދައަށް ތައްޔާރުވުމުގެ ގޮތުން ކަސްޓަމަރުން ކުރާ ކަންކަމުގައި ދިރާގުން ހިއްސާ ވެވޭނެ ގޮތަކަށް ކަމަށް އެ ކުންފުނިން ބުނެ އެވެ. 

މި ލަކިޑްރޯ ނަގާނީ ހަތަރު ހަފްތާ އަށް ބަހާލައިގެން ކަމަށާއި ކޮންމެ ހަފްތާއަކު ހޮވާނީ އެއް ނަސީބުވެރިއެއް ކަމަށް ދިރާގުން ބުނެއެވެ. 

ފުރަތަމަ ހަފްތާގެ ލަކީޑްރޯގެ ނަސީބުވެރިޔާ އަށް ލިބޭނީ އެއް މިނިޓުގެ ސޮޕިންގް ސްޕީރީއެއް ކަށާއި އެކުންފުނިން ކަނޑައަޅާ ފިހާރައެއްގައި ކުރިޔަށް ގެންދާ މި ސްޕްރީގައި އެ ބޭފުޅަކު އެއް މިނެޓު ތެރޭގައި ނަގާ ހުރިހާ އެއްޗަކަށް ދިރާގުން ފައިސާ ދައްކާދޭނެ ކަމަށް ދިރާގުން ބުނެއެވެ. 

ދެ ވަނަ ހަފްތާގެ ނަސީބުވެރިޔާގެ ގޭގައި ދިރާގުން ހިލޭ ކުލަ ލާ ދޭނެ ކަމަށާއި މި ކަން ކުރާނީ ހަމަ ޕްރޮފެސަނަލް ކުންފުނިތަކާއި ހަވާލު ކޮށްގެން ކަމަށް ދިރާގުން ބުނެއެވެ. ދިރާގުން ބުނިގޮތުގައި ތިންވަނަ ހަފްތާގެ ނަސީބުވެރިޔާގެ މުޅި ގެ ދިރާގުގެ ފަރާތުން ސާފުކޮށްދޭނެ ކަމަށާއި މިކަން ވެސް ކުރުވާނީ އެންމެ ގާބިލް ކުންފުނިތަކާއި ހަވާލު ކޮށްގެން ކަމަށެވެ ހަތަރު ވަނަ ހަފްތާގެ ނަސީބުވެރިޔަކަށް ދިރާގުން ބަދިގެއަށް ބޭނުންވާ ސާމާނުތައް ހަދިޔާ ކޮށްދޭނެ އެވެ.

"މި ޕްރޮމޯޝަން ކުރިޔަށް ދަނީ ވަކި ޕްކޭޖާސްތަކަކަށް ހާއްސަ ކުރެވިގެންނެއް ނޫން. ދިރާގުގެ ކޮންމެ ހިދުމަތެއް ނެންގިވި ކަމުގައި ވިޔަސް މި ލަކީ ޑްރޯގައި ބައިވެރި ވެވޭނެ" ދިރާގުން ބުނި އެވެ.

ޕޯސްޓް ޕެއިޑް އަދި ފިކްސް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ވެސް އެ ކުންފުނިން ކުރިއަށް ގެންދަން ނިންމާފަ އެވެ. މިއަދުން ފެށިގެން މިމަހުގެ ނިޔަލަށް  ޕަކޭޖް ނަގާ އެންމެންނަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ. ދިރާގުން ބުނީ މިޕްރޮމޯޝަން ކުރިއަށް ދާނީ ލަކީޑްރޯއެއްގެ ގޮތުގައި ނޫން ކަމަށެވެ.

މި ޕްރޮމޯޝަންގެ ތެރެއިން ރޯދަ މަހު ހިންގާ ބިލްގެ (1 އޭޕްރިލްގައި ލިބޭ ބިލް) ގެ މަންތްލީ ރެންޓަލް މާފް ކޮށްދެވިގެން ދާނެ ކަމަށާއި މިކަން ކުރުމުގެ މަގުސަތަކީ ރޯދަ މަހަކީ ވަރަށް ހަރަދުތައް ހިންގާ މަހަކަވުމުން ކަސްޓަމަރުންނަށް ލުއި ފަސޭހަ ކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ. 

އަދިވެސް އިތުރަށް އެކި ޕްރޮމޯޝަންތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށާއި އެ ޕްރޮމޯޝަންތަކުގެ މައުލޫމާތު ކުރިއަށް އޮތް ތަނުގައި ހާމަ ކުރަމުންދާނެކަމަށް ދިރާގުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް