 
                                                                                                
                    އަންނަ ސީޒަންގައި އެއްވަނަ ޑިވިޝަނުން ޖާގައެއް ވިކްޓްރީން ކަށަވަރުކުރީ، ދެވަނަ ޑިވިޝަނުގެ ސެމީ ފައިނަލުގައި މިއަދު ނިއުރޭޑިއަންޓް ބަލިކޮށްގެނެވެ. ނިއު އަތުން ވިކްޓްރީ މިއަދު މޮޅުވީ ދެ ލަނޑު ސުން ލަނޑުންނެވެ.
އަލުން ވިކްޓްރީ އެއްވަނަ ޑިވިޝަނަށް އެރުމަށް، މިއަދުގެ މެޗުގައި ލަނޑުތައް ޖެހީ، ހުސެއިން ފައިސަލް އަދި އިބްރާހީމް ރިޒްހާންއެވެ.
މިފަހަރުގެ ދެވަނަ ޑިވިޝަނުން ފައިނަލަށް ދާ ދެ ޓީމު އެއްވަނަ ޑިވިޝަނަށް ޕްރޮމޯޓް ވާ ގޮތަށް އެފްއޭއެމުން މިފަހަރު ވަނީ ގަވާއިދު ކަނޑައަޅައިފަ އެވެ.
ފައިނަލުގައި ވިކްޓްރީ ނުކުންނާނީ މަސްއޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.