އެކަން ހާމަކޮށް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި އަމީން ވިދާޅުވީ އުނގޫފާރު ދާއިރާއަށް ކުރިމަތިލައްވަނީ، އެ ދާއިރާގެ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ކަމަށެވެ.
އެމަސައްކަތުގައި އަތުކުރި އޮޅައިގެން ހުންނެވިކަމަށް އަމީން ވިދާޅުވެއެވެ.
އަމީން އަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރެެއްގެ އިތުރުން އެ ޕާޓީގެ ކައުންސިލްގަވެސް އިންނަވާ ބޭފުޅެކެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލައިގައި ސަރުކާރަށް ޕްރެޝަރު ބޮޑުވުމުން އަމީން ވަނީ އިސްތިއުފާ ދެއްވާފައެވެ.
އެ މައްސަލައިގައި އަމީންގެ މައްޗަށް ދައުވާކޮށްފައެއް ނުވެއެވެ.