ads
އިމާމުންގެ ފުރަތަމަ ޓީމު ހުކުރު ދުވަހު މައްކާއަށް، ދެވަނަ ޓީމު ޝައްވާލުމަހު
އިމާމުންނާއި ހަތީބުން ތަމްރީނުކުރުމަށް ރާއްޖެއިން ބޭރަށް ފުރާ ފުރަތަމަ ބުރުގެ ބައިވެރިން އަންނަ ހުކުރުދުވަހު މައްކާއަށް ފުރާނެކަމަށް އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މި ބުރުގައި 20 އިމާމުންނާއި ޚަތީބުން ސައުދީއަށް ދި[ޔުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުގެ ޓިކެޓާއި ވިސާކަންކަން ހަމަޖައްސަން ޖެހެނީ އެ ބައިވެރިޔަކު އަމިއްލައަށެވެ. ވައިވެރިން ހޮވާފައިވަނީ އެ ޝަރުތައް އެއްބެސްވެ ކުރިމަތި ލީ މިހުންގެ ތެރެއިންނެވެ.

މި ފަހަރު މައްކާއަށް ދާ ބައިވެރިން އައުމުން އޭގެ ދެވަނަ ބުރުގައި އިތުރު އިމާމުން އަންނަ ޝައްވާލު މަހު މައްކާއަށް ފޮނުވުމަށް ހަމަޖެހިފައިވާކަމަށްވެސް ވަޒީރު ޝަހީމް ވިދާލުވިއެވެ. ސައުދީއާ ގުޅިގެން އިމާމުންނަށް ހިންގާ އެފަދަ ޕްރޮގްރާމުތަކުގެ ތެރެއިން އިމާމުންނަށް ގިނަ ފައިދާތަކެއް ކުރާނެކަން ޝަހީމް ފާހަގަކުރެއްވި އެވެ. 

"އަމާޒަކީ މި އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ އިމާމުންނަކީ މި ޕްރޮގްރާމު ނިންމާފައިވާ ބަޔަކަށް ހެދުން" ޝަހީމް ވިދާޅުވިއެވެ.

އިމާމުން ތަމްރީންކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމް ފައްޓަވާ ދެއްވަމުން ވަޒީރު ޝަހީމް ވަނީ އިމާމުން ތަމްރީނުކުރުމަށް ރާއްޖެއިން ބޭރަށް ވެސް ފޮނުވާނެކަމަށާއި، މާސްޓަރސް އާއި ޕީއެޗްޑީ ހަދަން ބޭނުންވާ އިމާމުންނަށް ސްކޮލަޝިޕްގެ ފުރުޞަތުވެސް ދެއްވާނެކަމަށް ވިދާޅުވެފައެވެ. 

އިމާމުން ތަމްރީނު ކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުގައި ހިންގަން ހަމަޖެހިފައިވާ ޕްރޮގްރާމްގެ ފުރަތަމަ ބުރު ކުރިޔަށް ގެންގޮސްފައިވަނީ ގއ. ގެމަނަފުށީގައެވެ. އެ ޕްރޮގްރާމުގައި 77 އިމާމުން ވަނީ ބައިވެރިވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް