ނިއުރޭޑިއަންޓާ ވިކްޓްރީ ކުޅުނު ސެމީ ފައިނަލް މެޗުން އިއްޔެ ނިއު ބަލިވުމާއެކު، އަންނަ އަހަރުގެ ފުރަތަމަ ޑިވިޝަނަށް ނިއުއިން ކުރި އުއްމީދު ފެނަށް ދިޔައީއެވެ. އަންނަ ސީޒަންގައި ވިކްޓްރީން ފުރަތަމަ ޑިވިޝަނުގެ ޖާގައެއް ކަށަވަރުކުރުމަށް ފަހު، ސޮބާވަނީ ނިއުގެ ކޯޗު ނިމާއަށް ތައުރީފުކޮށް ހިއްވަރު ދީފައެވެ.
ނިއުއަތުން ވިކްޓްރީ މޮޅުވި މެޗާއެކު ނިއުއަށް އަނެއްކާވެސް ޖެހޭނީ އަންނަ އަހަރަށް އިންތިޒާރު ކުރާށެވެ. ވިކްޓްރީން ފުރަތަމަ ޑިވިޝަން ޔަގީންކޮށްފައިވާއިރު، ފައިނަލުގައި ކުޅޭނީ މަސްއޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;