ads
އުރީދޫއާއި އަމާނާ ގުޅިގެން ޓްރެވަލް އިންޝުއަރެންސްގެ ހިދުމަތް ލޯންޗްކޮށްފި
އުރީދޫ އާއި އަމާނާ ތަކަފުލް އާ ގުޅިގެން ޓްރެވަލް އިންޝުއަރެންސްގެ ހިދުމަތް ލޯންޗްކޮށްފި އެވެ.
Advertisement

މި ރަސްމީޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސާ ހުސެން ނިޔާޒް ވިދާޅުވީ އިންޝުއަރެންސް އަކީ ދުނިޔޭގައި ވަރަށް މުހިންމު އެއްޗެއްކަމަށާއި އަމަނާ ތަކަފުލް އާ ގުޅިގެން އާންމުނަށް ފަސޭހަ ކަމާ އެކު އިންޝުއަރެންސްގެ ކަންތައް ކުރެވޭނެ ގޮތެއް ވިސްނަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ. 

ނިޔާޒް ވިދާޅުވި ގޮތުގައި މިހާރު އެމްފައިސާ މެދުވެރިކޮށް ފަސޭހަކަމާ އެކު ޓްރެވަލް އިންޝުއަރެންސް އާންމުންނަށް ނެގޭނެ ކަމަށާއި ޓްރެވަލް އިންޝުއަރެންސްގެ އިތުރުން އެހެންނިހެން އިންޝުއަރެންސްތައް ވެސް ކުރިއަށް އޮތްތަނުގައި އާންމުންނަށް ފަސޭހަކަމާ އެކު ލިބޭނެ ފުރުސަތު އުރީދޫއިން ތަނަވަސް ކޮށްދޭނެ ކަމަށެވެ.

" ޑިޖިޓަލް ޕްލެޓްފޯމަކަށް އިންޝުއަރެންސް ގެނެއުމުގެ ބޭނުމަކީ އާންމު ފަރާތްތަކަށް އިންޝުއަރެންސް ބައްލަވައިގަތުން ފަސޭހަ ކޮށް ދިނުން" ނިޔާޒް ވިދާޅުވިއެވެ.

ބައެއް ފަހަރަށް ބޭރުގައި ހުރެގެން ވެސް އިންޝުއަރެންސް ނަގަންޖެހޭ ކަމަށާއި އެހެން ކަމުން އެމްފައިސާ ޕްލެޓްފޯމްއިން ފަސޭހަ ކަމައި އެކު ބޭރުގައި ހުރެގެން ވެސް އެކަން ކުރެވޭނެ ކަމަށް ނިޔާޒް ފާހަގަ ކުރެއްވިއެވެ. 

އެމް ފައިސާ މެދުވެރިކޮށް އިންޝުއަރެންސް ހޯދުން ވަރަށް ފަސޭހަވާނެ  ކަމަށާއި ޔޫސާ ފްރެންޑްވާނެ ކަމަށާއި ހަމަ އެކަނި ޖެހޭނީ 4 ސްޓެޕެއް ފޮލޯކުރަން ކަމަށް ނިޔާޒް ވިދާޅުވިއެވެ. 

ނިޔާޒް ވިދާޅުވީ ޑޮކިއުމަންޓުތައް ސަބްމިޓު ކުރާތާ މާގިނަ އިރެއް ނުވެ އިންޝުއަރެންސް ލިބިގެންދާނެކަމަށާއި ރާއްޖޭގެ އާބާދީ ބެހިފައި މިއޮތް ގޮތުން އޮފީސްތަކަށް ގޮސް އިންޝުއަރެންސް ނެގުން ވަނީ އާންމުންނަށް ވަރަށް އުދަނގޫ ކަމަކަށްވެފައިކަމަށެވެ. 

" މިޕްލެޓުފޯމް ހެދުމުގެ ސަބަބުން ކޮންމެ ތަނެއްގައި ހުރެގެން ވެސް ފަސޭހަ ކަމާއި އެކު މިކަން ކުރެވިގެންދާނޭ" ނިޔާޒް ވިދާޅުވިއެވެ.

އުރީދޫގެ މަގުސަދަކީ އާންމުރައްޔިތުންނަށް ފަސޭހަކަމާއި ކޮންމެ ތަނެއްގައި ހުރެގެންވެސް އުރީދޫގެ ހިދުމަތް ލިބިގެންދާނެ ގޮތަކަށް އެ ކުންފުނީގެ ހުރިހާ ހިދުމަތްތަކެއް ބިނާ ކުރުން ކަމަށް ނިޔާޒް ވިދާޅުވި އެވެ.

ޓްރެވަލް އިންޝުއަރެންސް އާއި ގުޅިގެން އިތުރު މައުލޫމާތު ދެއްވަމުން އަމާނަތަކަފުލްގެ ބިޒްނަސް ޑިވެލޮޕްމަންޓު ޑިޕާޓްމަންޓުގެ އެސިސްޓަންޓު މެނޭޖާ މޫސާ އިރުފާން ވިދާޅުވީ ޓްރެވަލް އިންޝުއަރެންސްއަކީ ރާއްޖެއިން ބޭރަށް ދަތުރު ކުރާ ފަރާތްތަކަށް ހާއްސަ ކުރެވިގެން ހެދިފައިވާ ޕެކޭޖުތަކެއް ކަމަށާއި މި ޕެކޭޖުން ރާއްޖޭން ބޭރުގައި އުޅޭ އިރު ލިބޭ އަނިޔާ ނުވަތަ އެފަދަ އެހެންކަމެކަށް ފަރުވާ ހޯދުމަށް އަތުން ދާ ހަރުދު ކުޑަ ކުރެވިގެންދާނެކަމުގައެވެ  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް