ads
ފްލެޓް ލިބިފައިވާ ކަމަށް ބުނެ އޮޅުވާލައިގެން 500،000 ރުފިޔާ ނަގައިފި
ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ އޮޅުވާލައިގެން މީހެއްގެ އެކައުންޓުން 500،000 ރުފިޔާ މިއަދު ނަގައިފި އެވެ.

ފުލުހުން ބުނީ ފްލެޓް ލިބިފައިވާ ކަމށް ބުނެ މަކަރާއި ހީލަތުން 500،000 ރުފިޔާ ނަގާފައިވަނީ އޯޓީޕީ ހޯދައިގެން ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ބުރަ މަސައްކަތުން ހޯދާ ފައިސާއަށް ރައްކާތެރިވުމަށް އެދިފަ އެވެ. އަދި އޯޓީޕީ ހިއްސާކޮށް އެފަދަ ހީލަތްތެރިންގެ ޝިކާރައަކަށް ނުވުމަށް ފުލުހުން އިލްތިމާސް ކޮށްފައިވެ އެވެ.

"ފްލެޓް ކަށަވަރު ކުރުމަށް އެއްވެސް އިދާރާއަކުން އޯޓީޕީއެއް ނުފޮނުވާނެ." - ފުލުހުން

ފްލެޓް ލިބުނުކަމަށް ބުނެ އޮޅުވާލައިގެން ދެ ލައްކަ ރުފިޔާ ނެގި މައްސަލައަކާއި، ހައްޖުގެ އަޅުކަމަށް ޖާގަ ކަށަވަރުކުރުމަށް ކަމަށް ބުނެ އޮޅުުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް ވެސް ދާދި ފަހުން ވަނީ ފެންމަތިވެފަ އެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ބީއެމްއެލްގެ ނަމުގައި އޯޓީޕީ ހޯދުމާއި، ފްލެޓް ލިބިގެން ކަމަށް ބުނެ ފައިސާ ހޯދުން ފަދަ ކަންކަމަށް ކުރަމުންދާ ކޯލްތައް ރާއްޖޭގައި މިހާރު ވަނީ އާންމުވެފަ އެވެ. އެފަދަ ކަންކަމަށް ސަމާލުވުމަށާއި، އެއްވެސް ފަރާތަކަށް އޯޓީޕީ ހިއްސާ ނުކުރުމަށް ކަމާބެހޭ އިދާރާތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް