ads
ަލަވަކިއުންތެރިއާ މަލިކާ މަރުވެފައި ހުއްޓާ ފެނިއްޖެ
ބޮލީވުޑުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ފިލްމީތަރި މަލިކާ ރާޖްޕޫތު ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނިއްޖެއެވެ.

އޭނާ ފެނުނީ އުއްތަރު ޕްރަދޭޝްގެ ސަލްޓަންޕޫރުގައި ހުންނަ އޭނާގެ ގެއިންނެވެ.

އޭނާ ދަންޖެހިފައި ހުރި ކޮޓަރިއަށް މީހުން ވަދެފައިވަނީ އެނާގެ ހަބަރެއް ނުވެގެން ދޮރުގެ ތަޅު ހަލާކުކޮށްލައިގެންނެވެ.  

މަލިކާ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ފޮނުވާފައިވާއިރު ތަހުގީގުތައް ދަނީ ކުރަމުންނެވެ. އޭނާ މަރުވީ ކޮޓްވާލީ ނަގަރުގެ ސިޓަކުންޑް ސަރަހައްދުގައި ހުންނަ އޭނާގެ ގޭގައެވެ. 

މަލިކާ ވަނީ ކަންގަނާ ރަނައުތު އާއި އެކު "ރިވޮލްވާ ރާނީ" ގައި މަސައްކަތްކޮށްފަ އެވެ.

އޭނާ މަރުވީ ކީއްވެކަމެއް އަދި ސާފެއް ނުވެއެވެ.

38%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް