ads
ޖޭޕީން 10 ކެންޑިޑޭޓުން، ގާސިމާއި ނަހުލާ، އަމީންވެސް ހިމެނޭ
އަންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ޖުމްހޫރީ ޕާޓީން 10 ދާއިރާއަކަށް ވާދަކުރަން ނިންމާ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފިއެވެ.

މަޖިލީހަށް ޖޭޕީން ނުކުންނަ 10 ކެންޑިޑޭޓުންގެ ތެރޭގައި ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމާއި އެމަނިކުފާނުގެ އަނބިކަބަލުން ނަހުލާ އަލީވެސް ހިމެނިވަޑައިގަންނަވައެވެ. 

ގާސިމް ނިކުންނަވަނީ މިހާރުވެސް ހުންނެވި އަމިއްލަ އުފަން ރަށުގެ ދާއިރާ މާމިގިލީ ދާއިރާއަށެވެ. އަނބިކަނބަލުން ނަހުލާ ވާދަކުރައްވަނީ ހުޅުމާލެ ދެކުނު ދާއިރާއަށެވެ. 

ދެން ޖޭޕީން ވާދަކުރާ ކެންޑިޑޭޓުންގެ ތެރޭގައި މިހާރުވެސް ކެންދޫ ދާއިރާ ތަމްސީލުކުރައްވާ އަލީ ހުސެެއިން ހަމަ އެ ދާއިރާއަށް ވާދަކުރައްވައެވެ. 

ހެންވޭރު ހުޅަނގު ދާއިރާއަށް ނިކުންނަވަނީ ޖޭޕީގެ ޑެޕިއުޓީ ލީޑަރ އަދި މިދިޔަ ރިޔާސީ އިންތިހާބުގައި ގާސިމްގެ ރަނިން މޭޓް ޑރ. އަމީން އިބްރާހިމްއެވެ. އަދި ކުރީގެ ހެލްތް މިނިސްޓަރ އަބްދުﷲ އަމީން އުނގޫފާރު ދާއިރާއަށް ނިކުންނަވަނީވެސް ޖޭޕީގެ ޓިކެޓްގައެވެ. 

މީގެއިތުރުން ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ދުވާފަރު ދާއިރާއަށް ވާދަކުރައްވާއިރު ތިނަދޫ އުތުރު ދާއިރާއަށް ވާދަ ކުރައްވަނީ ތިނަދޫ ދެކުނު ދާއިރާގެގެ ކުރީގެ މެންބަރު އަބްދުﷲ އަހުމަދުއެވެ. 

ނޮޅިވަރަމް ދާއިރާއަށް ވާދަކުރައްވާނީ ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު ހުސައިން ޝަހުދީއެވެ. ދާންދޫ ދާއިރާއަށް ނިސާމާ މުހައްމަދު ވާދަކުރައްވާއިރު އޭދަފުށީ ދާއިރާއަށް ޖޭޕީން ނިކުންނަވަނީ މުހައްމަދު ނާސިރުއެވެ. 

އަންނަ މަޖިލީހުގެ އިންތިހާބު އޮންނާނެ ދުވަހަކާއި މެދު އޮތީ ސުވާލެއްގެ ތެރޭގައެވެ. މިހާރު ތާވަލުކުރެވިފައިވާ ގޮތުން އިންތިހާބުން އޮންނާނީ އަންނަ މަހު ފެށޭ ރޯދަމަހުގެ 7 ވަނަދުވަހުއެވެ. އެއީ މާރިޗު 17 އެވެ. އެހެންނަމަވެސް ރޯދަ މަސްނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ރައްޔިތުން މަޖލީހުން ވަނީ ފާސްކޮށްފައެވެ. މަޖލީހުގެ ނިންމުމާއި އެއެްގޮތަށް އިންތިހާބު ފަސްވާނީ މަޖިލީހުގެ ނިންމުންް ރައީސް ތަސްދީގުކުރެއްވުމުންނެވެ. 

ރޯދަމަހު އިންތިހާބު ބާއްވާތީ ސަރުކާރު ކޯލިޝަން ފިޔަވާ ދެން ހުރި ޕާޓީތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ސަބަބެއްކަމަށް ބުނަނީ ގިނަ ބަޔަކު ވޯޓްލާން ނުނުކިމެ ވޯޓާސް ޓާންއައުޓް ދަށްވާނެތީއެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް