ads
އުރީދޫ މޯލްޑިވްސްގެ ލަކީ ޑްރޯއިން ހޮވުނު ނަސީބުވެރިން ދޯހާ މެރެތަންއަށް ފުރުން - ފޮޓޯ: އުރީދޫ
އުރީދޫ ލަކީ ޑްރޯގެ ނަސީބުވެރިން ދޯހާ މެރަތަންއަށް ފުރައިފި
އުރީދޫ މޯލްޑިވްސްގެ ދޯހާ މެރަތަންގައި ބައިވެރިވުމުގެ ފުރުސަތާއެކު ކުރިއަށްގެންދިޔަ ލަކީ ޑްރޯގެ ދެ ނަސީބުވެރިން މިއަދު ދޯހާއަށް ފުރައިފި އެވެ.
Advertisement

އުރީދޫއިން ބުނީ ލަކީ ޑްރޯގެ ނަސީބުވެރިންނަށް ހޮވުނު އަފީފް އަބްދުލް ސަމަދާއި މުހައްމަދު އަހްމަދު މިއަދު ދޯހާ މެރަތަންއަށް ފުރާފައިވާ ކަމަށެވެ. އަދި އުރީދޫ ސްޓާފުންގެ މެދުގައި ނެގުނު ލަކީޑްރޯއިން ހޮވުނު ހުސައިން މާޒިން މުހައްމަދު ވެސް ދޯހާއަށް ފުރާފައިވާ ކަމަށް އުރީދޫއިން ބުނެ އެވެ.

އުރީދޫއިން ބުނީ ވޯލްޑް އެތްލެޓިކްސް ގޯލްޑް ލޭބަލް ހޯދައިފައިވާ ދޯހާ މެރަތަންގައި، މިއަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 15000 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވާނެ ކަމަށެވެ. އަދި ވޯލްޑް އެތްލެޓިކްސް ގޯލްޑް ލޭބަލްއާއެކު ދޯހާ މެރަތަންގައި ދުވެގެން އެހެން މަގުބޫލު މެރެތަންތަކަށް ދިޔުމަށް ކޮލިފައި ވާނެ ކަމަށް ވެސް އެ ކުންފުުނިން ބުނެ އެވެ.

ދޯހާ މެރަތަން ކުރިއަށްދާނީ ހަ ރޭސް ކެޓަގަރީއަކަށް ބަހާލެވިގެންނެވެ. އަދި މެރަތަންގައި ދުވާ ރޫޓް ހަމަޖައްސާފައިވަނީ ދުވުންތެރިންނަށް ހިތްގައިމު، ފަސޭހަ އަދި ރައްކާތެރި މާހައުލަކަށް ކަމަށް ބަލައިގެންނެވެ.

މީގެއިތުރުން ރޭސް ނިންމާ ހުރިހާ ދުވުންތެރިންގެ މެދުގައި ނެގޭ ލަކީޑްރޯއަކުން ހޮވޭ ދެ ފަރާތަކަށް ވޯކްސްވެގަން ކާރެއް ލިބިގެންދާނެ ކަމަށް ވެސް އުރީދޫއިން މައުލޫމާތުދެ އެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި ބާއްވާ މި މެރަތަން އޮންނާނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް