ads
އެމްއައިބީ---
އެމްއައިބީން ރުފިޔާ ކާޑަށް ބޭނުންކުރެވޭ ޑޮލަރު ލިމިޓު ބޮޑުކޮށްފި
އެމްއައިބީގެ ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރުމަށް ކަނޑައަޅާފައިވާ ލިމިޓު އިތުރުކޮށްފި އެވެ.

އެމްއިބީން ބުނީ ބޭރުގެ މުއާމަލާތް ކުރެވޭ މިންވަރު އިތުރުކޮށްފައިވަނީ އެ ބޭންކުގެ އެކައުންޓަށް މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށް ކަމަށެވެ.

އެމްއައިބީން ބޭރުގެ މުއާމަލާތްތައް ކުރުމަށް މީގެކުރިން ކަނޑައަޅާފައިވާ ލިމިޓަކީ ކޮންމެ މަހަކަށް 100 ޑޮލަރެވެ. އެ ބޭންކުން މި ލިމިޓް މިހާރު ބޮޑުކޮށްފައިވަނީ ވަނީ 250 ޑޮލަރަށެވެ.

އެ ބޭންކުގެ އެކައުންޓްތަކަށް މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށް، މުސާރަ ޖަމާކުރަން ފަށާ ހިސާބުން އެ ބެންކުގެ "މިބްނައިން" ކްލަބުގެ މެމްބާޝިޕުގެ ދަށުން އެކި ފައިދާތައް ލިބޭނެ އެވެ.

އެގޮތުން އެބޭންކުގެ މަގުބޫލް ފައިނޭންސިން ފެސިލިޓީ އުޖާލާ ދިރިއުޅުން މެދުވެރިކޮށް ފައިނޭންސްކުރާނަމަ ޕްރޮފިޓް ރޭޓު 15 އިންސައްތައިން 13 އިންސައްތައަށް ކުޑަވުމާއި ފައިނޭންސިން ޕްރޮސެސިން ފީ އެއް އިންސައްތައިން 0.5 އިންސައްތައަށް ކުޑަވެގެންދާނެ ކަމަށް އެމްއައިބީން ބުނެ އެވެ.

މީގެއިތުރުން މެންބަރަކަށް ވުމަށްފަހު ވިސާ އެވްރީޑޭ ކާޑުގެ ރެޖިސްޓްރޭޝަން ފީ ވެސް ދައްކަން ނުޖެހޭނެ ކަމަށް އެ ބޭންކުން މައުލޫމާތުދެ އެވެ.

މިބްނައިން މެމްބަޝިޕް ކްލަބުގެ މެމްބަރުންގެ ޑޮލަރު ލިމިޓު 250 އަށް ބޮޑުކުރުމާ ގުޅިގެން އެމްއައިބީގެ ބްރާންޗްތަކާއި ސޭލްސެންޓަރުތައް ހިމެނޭހެން އެކި މުއައްސަސާތަކަށް ޒިޔާރަތްކޮށް، ކަސްޓަމަރުންނަށް މެމްބާޝިޕް ކްލަބުގެ މައުލޫމާތުތައް ހިއްސާކޮށްފައިވާ ކަމަށް އެމްއައިބީން ބުނެ އެވެ.

މިބްނައިން މެމްބަރުންގެ މެދުގައި ކުރިއަށްގެންދާ  ޕްރޮމޯޝަންތަކުގެ ތެރެއިން، ހޮންޑާ އެއާބްލޭޑު ސައިކަލެއް ލިބޭ ޕްރޮމޯޝަނެއް މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް