ads
ގައްޒާއިން ދޫވި ކުއްތާތައް އިޒްރޭލްގެ ސިފައިންނަށް ހަމަލާ ދެނީ
ގައްޒާއިން ފިލައިގެން އިޒްރޭލުގެ ސަރަހައްދަށް ވަންނަ ކުއްތާތައް އިޒްރޭލްގެ ސިފައިންނަށް ހަމަލާ ދޭ މައްސަލަ އިތުރުވެއްޖެ އެވެ.

 އިސްރާއީލާ ހަމާސް ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ކުރިން ލަފާނުކުރެވޭ ނުރައްކަލެއް ކަމަށްވާ ގައްޒާއިން އިސްރާއީލުގެ ސަރަހައްދަށް ވަންނަ ވަލު ކުއްތާތަކުގެ އަދަދު އިތުރުވުމެެވެ.

 އިޒްރޭލުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް 1،000 އަށްވުރެ ގިނަ ވަލި ކުއްތާތައް ގައްޒާއިން އިޒްރޭލަށް ވަދެފައިވެއެވެ.

އެކުއްތާތައް އަންނަނީ ގައްޒާ ބޭރުގައި ތިބި އިޒްރޭލުގެ ސިފައިންނަށް ވެސް ހަމަލާދެމުންނެވެ.

ކުއްތާތައް އިޒްރޭލަށް ވަނަ މައްސަލަ އިތުރުވެފައިވަނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ހަމަލާ ދިނުމަށް ގައްޒާ ބޯޑަރުގައި ޖަހާފައި ހުންނަ ފެންސްތައް ގިނަ ސަރަހައްދުން ހަލާކުކޮށްލާފައިވުމުންނެވެ.

އިޒްރޭލުން ގައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 28،000އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް