ހިޔާ ފްލެޓް ސަރަހައްދުގައި އިތުރު ލިފްޓު ގާއިމު ކުރުމުގެ މި މަސައްކަތަކީ އެޗްޑީސީ އިން ޝެންޔަންގް ޔުއާންޑް އިންޓެލެކްޗުއަލް ގުރޫޕް އާއިއެކު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.
އެ ކޯޕަރޭޝަނުން ބުނީ ޖުމްލަކޮށް 32 އާ ލިފްޓް ބެހެއްޓިގެންދާނެ ކަމަށާއި އެއީ ކޮންމެ ފްލެޓަކަށް އިތުރު ޕެސެންޖަރ އަދި ސްޓްރެޗަރ ލިފްޓެއް ބަހައްޓާނެކަމަށެވެ. މި މަޝްރޫއުގެ މަސައްކަތް މިހާރު ވަނީ ފެށިފައި ކަމަށާއި އަދި މި މަސައްކަތް އެއް އަހަރު ދުވަސް ތެރޭ ނިމިގެންދާނެ ކަމަށް އެޗްޑީސީ އިން ބުނެއެވެ.
އެޗްޑީސީ އިން ބުނީ މި މަޝްރުއަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ލިފްޓްގެ ދަތިކަން ދިމާވާތީ އެކަމަށް ހައްލެއް ގެނައުމަށް ކުރިއަށް ގެންދާ މަޝްރޫއުއެއް ކަމަށާއި މި ލިފްޓުތައް ގާއިމްކުރުމުން ލިފްޓަށް އެރުމަށް އޮންނަ ކިއޫ ކުޑަވެ، ލިފްޓް ގެ އިންތިޒާރުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވެގެންދާނެކަމަށެވެ.
މީގެ އިތުރުން އެ ކޯޕަރޭޝަނުން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ވީހައިވެސް ފަސޭހަ ވާނެހެން ކަންތައް ކޮށްދިނުމަށް ކަމަށެވެ.
މި ސަރަހައްދުގެ ފުލެޓްތަކުގެ އިތުރު ލިފްޓް ހަރުކުރުމަށް ކުންފުންޏަކާއެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށް ރައީސް މުހައްމަދު ޑރ. މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ހިޔާ ސަރަހައްދަކީ ގާތްގަނޑަކަށް ބައި މިލިއަނެއްހައި މީހުން ދިރިއުޅޭ އިރު ބައެއް ހިޔާ ޓަވަރުތަކުގައި ހުންނަނީ ތިން ލިފްޓެވެ. ނަތީޖާ އަކީ މީހުން ގިނަވެ އަރާ ފޭބުމުގައި ދަތިވާ ދަތިވުމުގެ ޝަކުވާތައް ގިނަ ވުމެވެ.