ads
ރާއްޖެއަށް 2 ލައްކަ އަށް ވުރެ ފަތުރުވެރިން
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ދެ ލައްކައަށް ވުރެ ގިނަ ފަތުވެރިން ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ހިނގާ ފެބުރުއަރީ މަހުގެ 13 ވަނަ ދުވަހާއި ހަމައަށް 294923 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެއެވެ.

މިތަފާސް ހިސާބުތައް ދައްކާގޮތުގައި ޖެނުއަރީ މަހުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 192385 ފަތުރުވެރިންނެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ފަތުރުވެރިންގެ އަދަދަށް ބަލާލާއިރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7888 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.

މި ހިނގާ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އެދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 10213 އެވެ. އެއީ އެއްދުވަހެއްގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ދުވަހެވެ.

ރާއްޖެއަށް ފަތުރުވެރިން އަންނަ ގައުމުތަކަށް ބަލާލާއިރު މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރަނީ ޗައިނާ އިންނެވެ.މި ލިސްޓުގެ ދެވަނައިގައި ރަޝިޔާ އޮތްއިރު ތިންވަނައިގައި އޮތީ އިޓަލީ އެވެ.

މިއަހަރުގައި ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ސަރުކާރުން އަމާޒު ހިފާފައި ވާއިރު މިހާރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތުން އެ އަދަދު 2.3 މިލިއަނަށް އަރާނެކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ލަފާކުރެއެވެ.

ހުސްވި 2023 ވަނަ އަހަރުގެ މިހާތަނަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދަކީ 253841 އެވެ. މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ ހުސްވި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދާއި ބަލާއިރު 16.2 އިންސައިގެ އިތުރު އަދަދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް