ads
މަންތާއާ ދާލު އެއާޕޯޓް ތާރީހުގެ ތެރެއަށް
ދ. ކުޑަހުވަދޫ އެއާޕޯޓުން، އިންޑިއާއަށް ސީދާ ދަތުރުތައް މަންތާއިން ފަށާ ތާރީހުގެ ތެރެއަށް ދާލު އެއާޕޯޓާއި މަންތާ އެއަރ ވަދެއްޖެއެވެ.

މަންތާއިން ވަނީ އެ ފްލައިޓްގެ ފުރަތަމަ ބައިނަލްއަގްވާމީ ދަތުރު ރާއްޖެއަށް އަޅާފައެވެ.ބެންގަލޫރުގެ ކެމްޕެގޯޑާ އިންޓަނޭޝަނަލް އެއާޕޯޓުން ފަތުރުވެރިން ގޮވައިގެން ފުރި މަންތާގެ އެއާލައިން ފުރަތަމަ ފްލައިޓް ރާއްޖެ އައީ މިއަދު ހެނދުނުއެވެ. 

your imageމަންތާގެ ފުރަތަމަ އިންޓަނޭޝަނަލް ފްލައިޓްގެ ދަރުރުގެ ތެރެއިން 

މަންތާގެ މި ދަތުރާއި އެކު އިންޑިއާއިން އަންނަ ފަތުރުވެރިން ޑޮމެސްޓިކް ފްލައިޓުތަކަށް މަޑުކޮށްގެން ތިބެން ޖެހޭ ޖެހުން ނިމުމަކަށް އަންނާނެއެވެ. ދ އަތޮޅަކީވެސް ގިނަ ރިސޯޓްތަކެއް އޮންނަ އަތޮޅެކެވެ. އެ އަތޮޅުގައި ހިންގާ މަތީ ފަންތީގެ ރިސޯޓްތަކުގެ ތެރޭގައި ކަނޑިންމަ މޯލްޑިވްސް، ނިޔާމަ ޕްރައިވެޓް އައިލެންޑް، ސެއިންޓް ރެޖިސް މޯލްޑިވްސް، ރިއު، ބަގްލިއޯނީ، އަންގްސާނާ ވެލާވަރާގެ އިތުރުން ސަން ސިޔާމް އިރު ވެލި އަދި ވިލުރީފް ރިސޯޓް ހިމެނެއެވެ. 

ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށް ފެށި މަންތާ އެއާގެ އުދުހެން ފެށީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް