ads
ޕީއެސްޖީ ދޫކޮށްލާކަން ރަސްމީކޮށް އެމްބާޕޭ އަންގައިފި
މި ސީޒަނަށް ފަހު، ޕީއެސްޖީގައި ދެން މަޑުނުކުރާނެކަން ރަސްމީކޮށް، ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ކުލަބަށް އަންގައިފި އެވެ.

ސީޒަނަށް ފަހު ކޮންޓްރެކްޓް ހަމަވެ، ދެން ކްލަބުގައި މަޑު ނުކުރާނެކަން ރަސްމީކޮށް އަންގާފައިވާއިރު، އެމްބާޕޭ ދެން ދާނީ ސްޕެއިންގެ ރިއާލް މެޑްރިޑަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސްޕޭނާއި ފްރާންސްގެ މީޑިއާތަކުން ބުނާ ގޮތުގައި އެމްބާޕޭ ދެން ޕީއެސްޖީއަށް ނުކުޅޭނެކަން އެކުލަބަށް އެންގީ ރެއާލް މެޑްރިޑާއެކު ޕްރީ ކޮންޓްރެކްޓެއްގައި ސޮއިކުރުމަށް ތައްޔާރުވުމުންނެވެ.

ޕީއެސްޖީ އާއި އެމްބާޕޭ ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ. އެމްބާޕޭ ވަނީ ޕީއެސްޖީ އަށް ފަސް ފަހަރު ފްރާންސްގެ ލީގު ކާމިޔާބުކޮށްދީ އެ ކުލަބަށް 290 މެޗުން 243 ގޯލު ޖަހައިދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް