ads
ބީއެމްއެލް އޮފީސް
ބީއެމްއެލްގެ ލުއި ލޯނަށް ހުށަހަޅާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ލުއި ލޯނާއި ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންއަށް އެދި ހުށަހަޅާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
Advertisement

ބީއެމްއެލްއިން ބުނީ ލުއި ލޯނާއި އިސްލާމިކް ޕާސަނަލް ފައިނޭންސިންއަށް ހުށަހަޅާ ފަރާތްތަކަށް އަމާޒު ކޮށްގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ އިނާމުގެ ގޮތުގައި 50،000 ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ.

މި ޕްރޮމޯޝަންގައި އެޕްލިކޭޝަން ހުށަހަޅާ ކަސްޓަމަރުންގެ ތެރެއިން ހުށަހެޅުން އެޕްރޫވް ކުރެވޭ ހުރިހާ ކަސްޓަމަރުން ވެސް ބައިވެރިކުރާނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

ލުއި ލޯނާއި ބީއެމްއެލް އިސްލާމިކްގެ ޕާސަނަލް ފައިނޭންސިންއަށް އެދި ހުށަހަޅާ ފަރާތްތަކަށް އަމާޒު ކޮށްގެން އެ ބޭންކުން ފެށި މި ޕްރޮމޯޝަން ކުރިއަށްދާނީ ފެށޭ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

ބީއެމްއެލްއިން މިހާރު ވަނީ އެ ބޭންކުން ދޫކުރާ ލުއި ލޯނަށާއި އިސްލާމިކް ޕާސަނަލް ފައިނޭންސިންއަށް އެދި ހުށަހަޅާ ފޯމުތަކަށް ވަގުތުން ފައިސާ ލިބޭ ގޮތަށް ހަމަޖައްސައިފަ އެވެ.

އެގޮތުން އެ ބޭންކުން އިތުރުކުރި "އިންސްޓަންޓް އެޕްރޫވަލް" ފީޗާއާއެކު ލޯނު އެޕްރޫވްކުރާތާ ހަތަރު ގަޑިއިރު ތެރޭގައި އެކައުންޓަށް ފައިސާ ޖަމާކުރާނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް