ads
އިސްރަށްވެހިންގެ ނާދީ ހުޅުވުން - ފޮޓޯ: ރައީީސް އޮފީސް
"ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގައި އިސްރަށްވެހިންނަށް އިސްކަންދޭނަން"
ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގާއިރު އިސްރަށްވެހިންނަށް އިސްކަން ދޭ އުސޫލެއް އެކުލަވާލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިސްރަށްވެހިންނަށް ހާއްސަކޮށްގެން ގާއިމްކުރި ނާދީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އިސްރަށްވެހިންނަށް ގެދޮރުވެރިކަމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެފައިވާ ކަމަށެވެ.

އެހެންކަމުން މުސްތަގްބަލުގައި ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގެ ޝަރުތުތަކާއި ގިންތިތައް ކަނޑައަޅާއިރު، އިސް ރަށްވެހިންނަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ރައީީސް ވިދާޅުވި އެވެ.

އެގޮތުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެކަމަށް ހާއްސަ ބިލެއް އެކުލަވާލައި މަޖިލިހަށް ފޮނުއްވާނެ ކަމަށެވެ.

"ކުރިއަށްއޮތް ތަނުގައި މި ސަރުކާރުން ގާއިމްކުރާ ގެދޮރުގެ އެކި ކަހަލަ މަޝްރޫއުތަކުގައި، މި ސަމާލުކަން ދެވިގެން ފުރުސަތު ވަރަށް ބޮޑުތަން އިތުރުވެގެންދާނެ ވާހަކަ ދަންނަވަން." - ރައީސް ޑރ. މުއިއްޒު

މީގެއިތުރުން މުޖުތަމައުގައި ދޭންޖެހޭ ގަދަރާއި ބަސް އިއްވުމުގެ ފުރުސަތު ދެވުމުން މުޅި ގައުމަށް ވެސް އޭގެ އާރޯކަމާއި، ހެވާ ލާބަ ލިބިގެންދާނެ ކަމަށް ރައީީސް ފާހަގަކުރެއްވި އެވެ.

މިއަދު މަލޭގައި އިސްރަށްވެހިންގެ ނާދީ ހުޅުވާފައިވަނީ، އިސްރަށްވެހިންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ޔަގީން ކޮށްދިނުމަށްޓަކައި ތަފާތު ހިދުމަތްތައް ހިމެނޭގޮތަށް މަރުކަޒުތައް ގާއިމުކުރުމުގެ ވައުދުގެ ދަށުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް