މިރޭ ފުލުހުންގެ މީޑިއާ އޮފިޝަލް "ސީއެންއެމް"އަށް ބުނީ ޝަމީމް އަށް ހަމަލާ ދިން މައްސަލައިގައި އިތުރު މީހަކު އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހައްޔަރުކުރީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.
އެމީހާ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.
ޖެނުއަރީ 31 ވަނަ ދުވަހު ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގައި މީގެ ކުރިންވެސް ދެ މީހަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވެއެވެ.
މީގެ ކުރިން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވަނީ ޕީޖީ އަށް ދިން ހަމަލާ ފުލުހުން ބަލަމުން އަންނަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށް ވިދާޅުވެފައެވެ.