ads
ފިލްމެއް ކުޅެނިކޮށް މިޔަރުތަކެއް އަކްޝޭ ކައިނުލީ ކިރިއާ
"ބްލޫ" ކިޔާ ފިލްމެއް ކުޅެއްން އުޅުނުއިރު، ކަނޑު އަޑީގައި ހިނގި ހާދިސާއެއްގައި މިޔަރުތަކެއް ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރު ކައިނުލީ ކިރިއާކަމަށް އޭނާ ބުނެފިއެވެ.

ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި އަކްޝޭކުމާރު ވަނީ 2009 ވަނަ އަހަރު ހިނގި ނުރައްކާތެރި ހާދިސާގެ ތަފްސޯލު ހިއްސާކޮށްފައެވެ. 

އަކްޝޭ ބުނީ ކަނޑު އަޑީގައި ހިނގި ހާދިސާއެއްގައި އޭނާގެ ބޯ ފަޅައިގެން ގޮސް ވަރަށް ގިނަ ލޭ އައިކަމަށެވެ. 

ބޯ ފަޅައިގެން ދިޔައީ ކަނޑު އަޑީގައި އޮތް ބޮޑު ބޯޓެއްގައި ޖެހިގެންކަމަށްވެސް އޭނާ ބުންޏެވެ. 

"އިރުކޮޅަކުން ފެނުނީ މިޔަރުތައް ލޭގެ ވަސް ދުވެގެން އަންނަތަން، މިޔަރުތައް އަހަރެން ކައިނުލީ ކިރިއާ،" އަކްޝޭ ބުންޏެވެ. 

މި ހާދިސާ ހިނގީ ކަނޑުގެ 150 ފޫޓޫ އަޑީގައި ކަމަށްވެސް އޭނާ ބުންޏެވެ. އަދި ހާދިސާ ހިނގި ވަގުތު ފިލްމު ޝޫޓުކުރަމުން ދިޔައީ އޮކްސިޖަން ފުޅިއަކާ ނުލައިކަމަށްވެސް އެނާ ބުންޏެވެ.

އަކްޝޭބުނީ ބޯ ފަޅައިގެން ދިޔަ ވަގުތު ފަންސާހަކަށް މިޔަރު އޭނާ ވަށައިލިކަމަށެވެ. 

އެ ފިލްމުގެ ސިނޮމެޓޯ ގްރަފީ ހަދާފައިވަނީ ހޮލީވުޑްގެ މަޝްހޫރު އަންޑަވޯޓާ ސިނަމެޓޮގްރަފާ ސްޕެޝަލިސްޓް ޕީޓް ޒުކާރީނީއެވެ. އޭނާއަކީ އިންޑިއާނާ ޖޯންސް އާއި ޖޭމްސް ބޮންދު އަދި ޕައިރެޓްސް އޮފް ދަ ކެރީބިއަން ފަދަ ފިލްމުތަކުގެ ވެސް ސިނެމެޓޯގްރާފަރެވެ.  

އަކްޝޭ ބުނި ގޮތުގައި މިޔަރުތައް އޭނާއާއި ދިމާލަށް އައިވަގުތު އޭނާ ވަރަށް ބިރުގަތް ނަަމަވެސް ފަހުން އެނގުނުގޮތުގައި "މިޔަރަކީ ނުރައްކަލެއް ނޫންކަން، އެމީހުންނަށް ނުރައްކާތެރިކަން އިހުސާސް ނުކުރެވޭހާ ހިނދަކު،" ކަމަށް ވެސް އަކްޝޭ ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް